އިގިރޭސި ޕްރިމިއާލީގު : އާސެނަލްއާއި ސީޓި ވެސް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ލޫޓަން ޓައުން އާއި އާސެނަލް ބައްދަލުކުރިމެޗު އާސެނަލް ކާމިޔާބުކޮށްފިއެވެ.  އާސެނަލް މިމެޗް ކާމިޔާބުކުރީ 2 ލަނޑު 0 ލަނޑުންނެވެ.

ރޭގެ މެޗުގެ 24 ވަނަ މިނިޓްގައި އާސެނަލްއަށް ލީޑުނަގައިދިނީ ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑް އެވެ.

އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން، އާސެނަލުން މިމެޗްގައި ކާމިޔާބުކުރި ދެ ވަނަ ލަނޑުވެސް ވަނީ ކާމިޔާބުކޮށްފައެވެ. މިލަނޑަކީ  އާސެނަލްގެ އެމީލް ސްމިތު ރޯވް ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ލޫޓާންގެ ޖަޕާން ޑިފެންޑަރު، ޑައީކީ ޔަޝިއޯކާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މިމެޗުން މޮޅުވުމުން އާސެނަލްއަށް ލިބިފައިވަނީ  30 މެޗުން 68 ޕޮއިންޓެވެ.

ޕްރެމިއާލީގުގައި ރޭ ސިޓީއާއި އެސްޓަންވިލާ ބައްދަލުކުރިމެޗު 4 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްފައިވަނީ ސިޓީއެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ސިޓީން ލީޑުނެގީ 11 ވަނަ މިނިޓްގައި ރޮޑްރީ ޖެހި ގޯލުންނެވެ. އެކަމަކު މެޗްގެ 20 ވަނަ މިނިޓްގައި އެސްޓަންވިލާއިން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ. މިލަނަޑު އެޓީމަށް ކާމިޔާބުކޮށްދިނީ  ވިލާގެ ޖޯން ޑުރާން އެވެ.

 އަދި މެޗްގެ ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ސިޓީން އެޓީމްގެ ދެވަނަ ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ. މިލަނޑު ހިލޭ ޖެހުމަކުން ފޯޑެން އެވެ.

މިމެޗުގެ 62 ވަނަ މިނިޓްގައި ސިޓީން ވަނީ ތިން ވަނަ ލަނޑު ކާމިޔާބުފައެވެ. މިލަނޑު ކާމިޔާބުކޮށްދިނީފޯޑެން އެވެ. އަދި އޭގެ ހަތް މިނިޓް ފަހުން، ފޯޑެން އިތުރު ލަނޑެއް ޖަހައި، އޭނާ ހެޓްރިކް ފުރިހަމަކުރި އެވެ.

ސިޓީ މިމެޗުން މޮޅުވުމުން 29 މެޗުން އެޓީމަށް ލިބިފައިވަނީ  67 ޕޮއިންޓް ލިބިފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް: ރާއްޖޭގެ އަންހެންޓީމު ކުޅުނު ދެމެޗުންވެސް ބަލިވެއްޖެ

ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އަންހެން ވޮލީޓީމް ކުޅުނު ދެމެޗުންވެސް  ބަލިވެއްޖެ ...

ގަންބުރި ޗެލެންޖް 2018 – ފަރުހާދުގެ ލަނޑުން ޕޮލިސްގެ މައްޗަށް ޓޫ ބްރަދާސް ކުރި ހޯދައިފި

ގަންބުރި ޗެލެންޖް 2018 ގެ ނަމުގައި މިހާރު މީދޫގައި ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅެވުނުމެޗް ...

ޝެފީލްޑް ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެ

އިގިރޭސި ޕްރެމިއާ ލީގުގެ އެންމެ ފުލުގައިއޮތް ޝެފީލްޑް ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެވެ.  އާދިއްތަ ދުވަހުގެ ރޭ ...