އައްޑޫސިޓީ ” ބިންވެރިކަމުގެ ޕްރޮގްރާމް 2023 ” ގެ ދަށުން އައްޑޫސިޓީ މީދުން ބިން ލިބޭފަރާތްތަކުގެ މެދުގައި ގުރުއަތުލައި ގޯތި ލިބުނުކަމުގެ ލިއުން ހަވާލްކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިދިޔަބުދަދުވަހު ( 7 ފެބްރުއަރީ 2024 ވަނަ ދުވަހު ) ބޭއްވުނު މިރަސްމިއްޔާތުގައި ގޯތި ލިބުނުކަމުގެ ލިއުން ހަވާލްކޮށްފައިވަނީ މީދުން ގޯއްޗަށްއެދި ކުރިމަތިލާފައިވާ ފަރާތްތަކުގެތެރެއިން ޝަރުޠުހަމަވާ ފަރާތްތަކުގެ ދާއިމީލިސްޓްގެ ކެޓެގެރީ އޭ ގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ 90 ފަރާތާއި އަދި ކެޓެގެރީ ބީގައި ހިމެނިފައިވާ ފަރާތްތަކުގެ ޝަރުޠުހަމަވާ 6 ފަރާތާއެވެ.
ޝަމްސުއްދީން ސްކޫލްގައި ކުރިއަށް ގެންދެވުނު ގުރުއަތު ކުރިއަށްގެނގޮސްފައިވަނީ ގޯއްޗަށްއެދި ކުރިމަތިލާފައިވާ ފަރާތްތަކުގެތެރެއިން ޝަރުޠުހަމަވާ ފަރާތްތަކުގެ ދާއިމީލިސްޓްގައި މީހުން ހިމެނިފައިވާ ތަރުތީބުންނެވެ.
ކޮމެންޓްސް (0)