ލީގުކަޕް: ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ފުލަމް އަތުން ލިވަޕޫލަށް އުނދަގޫ މޮޅެއް

އިގިރޭސި ލީގުކަޕް ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ފުލަމް އަތުން މޮޅުވެ ލިވަޕޫލް ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ފުލަމް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ބްރެޒިލްގެ ފޯވާޑް ވިލިއަން އެވެ. މިއީ އެޓީމުގެ ހުނަރުވެރި މިޑްފީލްޑަރ އަންދްރޭސް ޕެރެއިރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފުލަމް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ލިވަޕޫލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރު ކިއުރިސް ޖޯން އެވެ.

މިއީ އެޓީމުގެ ޑާވިން ނުނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ތިން މިނެޓު ފަހުން ނުނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމަށް ލީޑު ހޯދައިދިނީ ނެދަލޭންޑްސްގެ ފޯވާޑް ކޯޑީ ގައްޕޯ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

ސެމީފައިނަލްގެ ދެވަނަ ލެގުގައި މިދެޓީމު ފުލަމްގެ ދަނޑުގައި ވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 1:00 ގައެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ޔާމީންގެ މައްޗަށް 1.4 ބިލިއަން ރުފިޔާގެ ހިޔާނާތާއި މަނީލޯންޑަރިން ތުހުމަތުތަކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީނން ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް ސުވާލުކުރީ ދައުލަތުގެ 1.4 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެ އެ ...

ސޮނޭވާފުށި ރިސޯޓުން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ސޮނެވާފުށި ރިސޯޓުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ބ. އަތޮޅުގައި ...

އާ ސީޕްލޭން ޓާމިނަލްއިން ބައެއް ޓީއެމްއަށް ދޭން ރައީސް ނަޝީދު ވެސް ތާއިދު ކުރައްވައިފި

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ...