ޔުނާން ޝަރުތާ ޚިލާފުވެ ބޭރުގައި އުޅޭތީ ބަންދުކޮށްދިނުމަށް އެދިއްޖެ

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ބަންދުން ދޫކޮށްލި ފިލްމީ ތަރި މުޙައްމަދު ޔުނާން އަލުން ހައްޔަރުކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެދިއްޖެއެވެ.

ޔުނާން ބަންދުން ދޫކޮށްލަން ކޯޓުން މި މަހުގެ 14 ވަނަ ދުވަހު އަމުރު ނެރުނީ ޒަރޫރީ ކަމެއްގައި މެނުވީ ގެއިން ބޭރަށް ނުދިއުމަށާއި އިތުރު ޝަރުތުތަކާއެކުއެވެ.

ނަމަވެސް ޝަރުތާ ޚިލާފުވެ ޔުނާން ބޭރުގައި އުޅޭތީ ޕީޖީ އޮފީހުން ވަނީ ޔުނާން އަލުން ބަންދުކޮށްދިނުމަށް އެދި ހުޅުމާލެ ކޯޓަށް ހުށަހަޅާފައެވެ.

ޔުނާން ބަންދުކޮށްދޭން އެދިފައި މިވަނީ އޭނާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނިކޮށެވެ.

2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެތެރޭގައި އެކި ދުވަސްމަތިން އުމުރުން 18 އަހަރުނުވާ ކުޑަކުދިންތަކަކަށް ބަދުއަޚުލާގީ އަމަލު ހިންގި މައްސަލައިގައި ޔުނާންގެ މައްޗަށް 09 ދައުވާއެއް ވަނީ އުފުލާފައެވެ.

ޔުނާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެތެރޭގައި ހިމެނެނީ އިތުބާރުކުރެވޭ މަގާމެއްގައިހުރެ ބަޔަކު ޖިންސީ އަމަލު ހިންގާ މަންޒަރު ކުޑަކުއްޖަކަށް ދެއްކުމާއި ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ގަދަކަމުން ހިންގުމާއި އާއިލީ މެންބަރަކު އާއިލީ މެންބަރަކާމެދު ޖިންސީ އަމަލެއް ހިންގުމާއި އޮރިޔާން ކާޑު ގެންގުޅުމާއި އުފެއްދުމުގެ ދައުވާއެވެ.

ބަލިވެއިނުމާ ގުޅިގެން މިދިޔަ މާޗުމަހު ރިހުލާ ވަނީ ދޫކޮށްލައިފައެވެ.

ރިޙްލާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެތެރޭގައި އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމާއި އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކަށް ދެއްކުމަށް އެ ކުއްޖާގެ ހާޒިރުގައި ޖިންސީ އަމަލެއް ހިންގުމާއި އޮރިޔާން ކާޑު ގެންގުޅުމާއި އުފެއްދުމުގެ ދައުވާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިތިބީ ރިސްކު ނަގައިގެން، އެންމެ ބޮޑީ ޤައުމު”- ކެޕްޓަން މުސްތަފާ

ކޮވިޑް 19 އާއެކު މުޅި ޤައުމު މިއަދު މިއޮތީ ބިރުވެރިކަމާ ނާމާންކަމުގެ ސާލަކުން ފަރުދާ ކުރެވިފައެވެ. މި ބިރުވެރިކަމުން ...

ޗެލްސީ ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ލެސްޓާ ހޯދައިފި

ޗެލްސީ ބަލިކޮށް ފުރަތަމަ ފަހަރަށް އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ލެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ. ލަންޑަންގެ ވެމްބްލީ ...

ކޯޓުއާ ރެއާލްއަށް ބަދަލުވެއްޖެ

ޗެލްސީގެ ގޯލްކީޕަރ ކޯޓުއާ ރެއާލް މެޑްރިޑަށް ވިއްކާލުމަށް އެއްބަސްވެފައިވާކަން ޗެލްސީންކަށަވަރު ކޮށްދީފިއެވެ. މިއާއެކު ރެއާލް މެޑްރިޑުން ވެސް ވަނީ ...