މުސާރަތައް ދިނުމަށް ޝަރުތުކޮށް ފީފާއިން އެފްއޭއެމަށް އެއްލައްކަ ޑޮލަރު

މުވައްޒަފުންނަށް ނުދީ ހުރި މުސާރަތައް ދިނުމަށް ޝަރުތުކޮށް، ދުނިޔޭގެ ފުޓްބޯޅަައިގެ މައި ޖަމުއިއްޔާ (ފީފާ) އިން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އެއްލައްކަ ޑޮލަރު ދީފިއެވެ.

އެފްއޭއެމުގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަ މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެއާއެކު އެ އެސޯސިއޭޝަންގެ ބައެއް މުވައްޒަފުން ވަނީ ވަޒީފާއިންވެސް ވަކިވެފައެވެ. އަދި އެފްއޭއެމުން މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ އުނިކުރި ނަމަވެސް، އެ ފައިސާ ޕެންޝަން އޮފީހަށް ނުފޮނުވާ މައްސަލަވެސް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ.

އެއާއެކު ފީފާއިން މީގެ ކުރިން ވަނީ އެފްއޭއެމަށް ދެމުން އައި ފައިސާގެ ޕޭމަންޓުތައް މަޑުޖައްސާލާފައެވެ. ނަމަވެސް މުސާރަތައް ދިނުމަށް ޝަރުތުކޮށް ފީފާއިން އެއް ލައްކަ ޑޮލަރު އެފްއޭއެމަށް މިހާރު ޖަމާކޮށްފައިވާކަން އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

އަދި އެހެން ކަމަކަށް އެ ފައިސާ ބޭނުން ނުކުރަން ޝަރުތުކޮށްފައިވާއިރު، ފީފާއިން އެފްއޭއެމަށް ޖުމްލަ ތިން ލައްކަ ޑޮލަރު ދޭން ނިންމާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. އެކަމަކު ފީފާއިން ދެން އެފްއޭއެމަށް އިތުރު ޕޭމަންޓެއް ދޭނީ، އެފްއޭއެމުން ފުރަތަމަ ޕޭމަންޓް ޚަރަދުކުރި ގޮތުގެ ތަފުސީލް ހުށަހެޅުމުން ކަމަށްވެސް މައުލޫމާތު ލިބެއެބެ.

އެފްއޭއެމުގެ ފައިސާގެ މައްސަލަތަކެއްގެ ފެންމަތިވެފައިވާއިރު، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ޕާސްޕޯޓު ދާދި ފަހުން ވަނީ ހިފަހައްޓާފައެވެ. ބައްސާމުގެ ޕާސްޕޯޓް ހިފަހައްޓާފައި މިވަނީ އެފްއޭއެމަށް ފީފާއިން ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށެވެ.

މީގެ ކުރިން ބޭއްވި ބޭއްވި ނޫސްވެރިން ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ހުސައިން ޝަމީމު ވިދާޅުވީ އެފްއޭއެމަށް ފީފާއިން ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭންކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން އެ އިދާރާގެ ރައީސް ބައްސާމަކީ އެންމެ އިސްކޮށް ތުހުމަތުކުރެވޭ ފަރާތް ކަމަށެވެ.

އެފްއޭއެމުގެ މުވައްޒަފުންނަށް މުސާރަތައް ދިނުމަށް ޝަރުތުކޮށް ފީފާއިން ފައިސާ ޖަމާކޮށްދިންއިރު، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ބައްސާމް ވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރައްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޭދޫ ސްކޫލް ބަލިކޮށް އަތޮޅުމަދަރުސާ ފައިނަލަށް

މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރުފުރާގައި އިއްޔެ ހަވީރު ކުޅެވުނު މެޗް ...

އައްޑޫ ޔޫތު ޗެލެންޖް 2020- މިއީ މޮޅުވުން މަޖުބޫރު މެޗެއް – އަހުމަދު ރަޝީދު

20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް ކަޕް ގައި  މިއަދު ހަވީރު ފޭދޫޓީމާ ދެކޮޅަށް ކުޅޭ މެޗުން ...

ކިންގު ކަޕް  : ރޮނާލްޑޯގެ އަލްނަސްރު ކަޓައިފި     

ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އަލް ވޭދާ އަތުން ކްރިސްޓިއާނޯ ...