މީދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއަކަށް ގެއްލުންތަކެއްވެ  ދެސައިކަލް ބޭނުންނުކުރެވޭ ވަރަށް އަދައިފި

މީދޫ ގެއެއްގެ ފެންޑާގައި ބަހައްޓާފައިހުރި  ދެ ސައިކަލެއްގައި ރޯވި އަލިފާން ފެތުރި އެގޭގެ ފެންޑާގެ ސީލިންއާއި ސިޓިން ރޫމްގެ ސީލިން އަދި ބައެއް ދޮރުތަކާއި އެހެނިހެން ބައެއް ތަކެތީގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި  ރޭ 11:15  ކަންހާއިރު ފުރަތަމަ އަލިފާން ރޯވީ އެގޭގެ ފެންޑާގައި ބަހައްޓާފައިހުރި ދެސައިކަލްގައެވެ.

“އަހަރެމެން ދެމީހުން ރޭ 11:23 ހާއިރު އެމަގުން ދިޔައިރު އެގޭ ފެންޑާގައިހުރި ދެސައިކަލްގައިހުރީ އަލިފާން ރޯވެފައި . ދެން އަހަރެމެން ފަޔަރ ސްޓޭޝަނަށް ދެފަހަރެއްގެ މަތިން ގުޅިން . އެމީހުންނަށް އާދެވުނީ ގުޅިތާ ދިހަވަރަކަށް މިނިޓްފަހުން . އެމީހުން އައުމުގެ ކުރީންވެސް އެގޭ ބޭރުގައި ހުރި ފެންއިސްކުރަށް ގުޅާފައިއޮތް ފެން ހޮޅި ބޭނުންކޮށްގެން ފެން ޖަހައިގެން އަލިފާން ނިވޭތޯ އަހަރެމެން މަސައްކަތްކުރިން ” އަލިފާން ރޯވެފައިހުރިތަން ފެނުނު ދެމީހުން އެސަރަހައްދުގައި ތިބި ބައެއް މީހުންނަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

އެގޭގައި ރޯވި އަލިފާން ފަޔަރ ސްޓޭޝަނުގެ ބޭފުޅުން އެގެއަށް ގޮސް ކުރި މަސައްކަތުން 12 ޖެހުމުގެ ކުރީން ނިއްވާލާފައިވާއިރު  މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

އެހެން ނަމަވެސް އެގޭގެ ފެންޑާގެ ސީލިންއާއި ސިޓިން ރޫމްގެ ސީލިން އަދި ބައެއް ދޮރުތަކާއި އެހެނިހެން ބައެއްތަކެތީގައި އަލިފާން ރޯވެ އެގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބފައެވެ.

 އަދި މިއަލިފާނުގެ ހާދިސާގައި ފުރަތަމަ އަލިފާން ރޯވި ދެސައިކަލް ވަނީ ބޭނުންނުކުރެވޭވަރަށް އަދާފައެވެ.

މިއަލީފާނުގެ ހާދިސާ މިހާރު ހުޅުމީދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައު ސަރުކާރުގައި އައްޑޫއަށް ފުރިހަމަ ތަސައްވުރެއް އެބައޮތް، ބަދަލުކޮށްލާނެ: ޣައްސާން

އައްޑޫ ސިޓީގެ ރައްޔިތުން މާލެއަށް ބަރޯސާނުވެ ހުރިހާ ޚިދުމަތެއް ލިބޭނެ ތަސައްވުރައެކު އެ ސިޓީއަށް ޚާއްޞަ އިސްކަމެއް އައު ...

މާލޭގައި ފެންބޮޑުވުމުގެ ސަބަބުން 160 އާއިލާއަކުން އެހީތެރިކަމަށް އެދިފައިވޭ – ރައީސް

މާލޭ ސިޓީގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 160 އާއިލާއަކުން އެހީތެރިކަމަށް އެދި ރިޕޯޓުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ...

މުއިއްޒު %54.06 ވޯޓާ އެކު އިންތިހާބު ކާމިޔާބުކުރައްވައިފި

ކުރިއަށް އޮތް ފަސް އަހަރުގެ ރައީސް ކަމުގެ މަގާމު، މާލޭގެ މޭޔަރު އަދި ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. ...