މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ވިއްކާ ހުސްކޮށް އެ ފައިސާއިން ކެމްޕޭންކުރަމުންދާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވުނު ” އުފާވެރި މާލެ ” ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަގުތައް ވިއްކާ ހުސްކޮށްގެން ހޯދި ފައިސާއަށް ކެމްޕޭނު ކުރަމުންދާ ކަމަށެވެ. އަދި އެގޮތައް އެފުރުސަތު ނުދެއްވާނެކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ބޮޑެތި ފަޅުތަކާއި، ރަށްތައް ވިއްކި ގޮތަށް މިއަދު އެ ހުރީ މާލޭގެ މަގުތައް ވިއްކާ ހުސްކޮށްފައި ކަމަށެވެ. މިކަން ބަދަލުކުރަން ޖެހޭ ކަމަށާއި، ދެން އަންނަ ދައުރެއްގއި އެތަންތަން ނަގަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ސިޔާސަތަކީ މަގުތައް ހުސްކޮށް ޕާކިންއަށް ވަކިން ސަރަހައްދުތަކެއް ކަނޑައަޅުން. މިހެން މާލޭގެ މަގުތައް ވިއްކާފައި ލާރިނަގައިގެން ކެމްޕޭނު ކުރާކަށް ފުރުސަތެއް ނޯންނާނެ.”

ރައީސް ސޯލިހު ވިދާޅުވިއެވެ.

ކުރިޔަށް އޮތް ދައުރުގައި މާލެއަށް ކަނޑައަޅުއްވާފައިވާ އަމާޒުތައް ހާމަ ކުރައްވަމުން ރައީސް ވިދާޅުވީ މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.

ކުރިޔަށް އޮތް ދައުރުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށާއި، އެއަށްފަހު ޕާކިންއަށް ވިއްކާފައި ހުރި ގޮޅިތައް ނަގާ ހުސްކޮށް ފަސޭހައިން ހިނގާބިނގާވެ އުޅެވޭ ކަހަލަތަނަކަށް މާލެ ބަދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.


advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުޅުދުއްފުށީ ޓާފް ދަނޑުހުޅުވުގެ މެޗަށް ގައުމީ ޓީމް ކުޅުދުއްފުއްޓަށް

ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅެވޭ ފުޓްބޯޅަ މެޗްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި، ...

އައިސީޔޫގައި ތިބި 35 އިންސައްތައަކީ 40 އަހަރުން ދަށުގެ މީހުން: ޑރ. ނަޒްލާ

މިވަގުތު ކޮވިޑަށް ޕޮޒިޓިވްވެ އައިސީޔޫގައި ފަރުވާ ދެމުން ދާ 35 އިންސައްތައަކީ 40 އަހަރުން ދަށުގެ މީހުން ކަމަށް ...

ގައުމު ސްޓްރީޓް ކަޕް 2020: އިއްޔެ ކުޅެވުނު މެޗްތައް

މިހާރު މީދޫގައި ކުރިއަށްދާ “ގައުމު ސްޓްރީޓް ކަޕް 2020” މުބާރާތުގެ އިއްޔެ ކުޅުނު މެޗްތަކުގެ ނަތީޖާ: ޔުނައިޓެޑް ބޯއިސް ...