ސިޓީ ބަލިކޮށް އާސެނަލުން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފި

އިނގިރޭސި އައު ސީޒަން ފެށުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ މައްޗަށް އާސެނަލުން ކުރި ހޯދައި ޝީލްޑް ކާމިޔާބު ކޮށްފިއެވެ.

ރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ ދެ ޓީމް 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ސިޓީންނެވެ. ސިޓީއަށް މެޗުގައި ލީޑު ނަގައިދިނީ 64 ވަނަ މިނެޓުގައި ހާލަންޑްގެ ބަދަލުގައި ކުޅެން ނުކުތް ކޯލް ޕާލްމާއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ 77 ވަނަ މިނެޓުގައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް ސިޓީ އޮތީ އެއް ލަނޑުން ކުރީގައެވެ. އިތުރު ވަގުތު އަށް މިނެޓް ދެއްކިއިރު އެ ވަގުތުގެ ތެރޭ އާސެނަލްގެ ޕާޓޭއާއި ސިޓީގެ ވޯލްކާއަށް އަނިޔާވެ ދަނޑުމަތީ އިތުރު ފަރުވާދޭން ވަގުތުތަކެއް ހޭދަވުމުން ރެފްރީ ވަނީ އިތުރަށް ވަގުތު ދީފައެވެ. އާސެނަލުން ލަނޑު ޖަހާފައި ވަނީ 101 ވަނަ މިނެޓުގައެވެ. މި ލަނޑު ސިޓީ ކޮޅަށް ވަދެފައިވަނީ އާސެނަލްގެ ޓްރޮސާޑް ފޮނުވާލި ބޯޅަ ސިޓީގެ ޑިފެންޑަރ އަކާންޖީގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮހެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސިޓީން ފޮނުވާލި ތިން ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ އެންމެ ޕެނަލްޓީއެކެވެ. އެއީ ބާނާޑޯ ސިލްވާ ޖެހި ޕެނަލްޓީއެވެ. ޑިބްރޭނާ ފޮނުވާލި ޕެނަލްޓީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވީއިރު ރޮޑްރީ ފޮނުވާލި ޕެނަލްޓީ އާސެނަލްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

އާސެނަލުން ޖެހި ހަތަރު ޕެނަލްޓީ ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. އާސެނަލަށް ޕެނަލްޓީތައް ޖަހައިދިނީ އޮޑެގާޑް، ޓްރޮސާޑް، ސަކާގެ އިތުރުން ފަބިއޯ ވިއެރާއެވެ.

މިއީ އާސެނަލުން ޝީލްޑް ކާމިޔާބުކުރި 17 ވަނަ ފަހަރެވެ. އެންމެ ގިނަ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރުމުގެ ރެކޯޑް އޮތީ 21 ފަހަރު ހޯދި މެންޗެސްޓާ ޔުނައިޓެޑް އަތުގައެވެ. ލިވަޕޫލުން ވަނީ 16 ފަހަރު ޝީލްޑް އުފުލާލައިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޓީމް އަލްފައިން ހޯދައިފި

ފޭދޫ ވޮލީ ކޯޓްގައި ކުރިއަށް ގެންދިޔަ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ޓީމް އަލްފައިން ހޯދައިފިއެވެ. ޓީމް ...

ޕެނަލްޓީ ޖަހައިގެން ބްރައިޓަން ބަލިކޮށް ޔުނައިޓެޑް އެފްއޭ ކަޕް ފައިނަލަށް

އިނގިރޭސި އެފްއޭ ކަޕް ސެމީ ފައިނަލުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބުކޮށް ...

އޭޝިއާ ބެޑްމިންޓަން އެކެޑަމީގައި އައްޑޫ ސިޓީގެ 11 ދަރިވަރަކު ތަމްރީނުވަނީ

މެލޭޝިއާގައި ހުންނަ އޭޝިއާ ބެޑްމިންޓަން އެކެޑަމީ ކޮމްޕްލެކްސްގައި އައްޑޫ ސިޓީގެ 11 ދަރިވަރަކު ތަމްރީނުވާން ފަށައިފިއެވެ. މިއީ އައްޑޫގައި ...