ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހެޅުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ މި އަހަރުގެ ދެވަނަ ފިޔަވަހީގެ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހަމަވާނެ އެވެ

ކޮމިއުނިޓީ ފަންޑަށް މާލެ އާއި ރަށްރަށުގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ އެންޖީއޯތަކަށް ޕްރޮޕޯޒަލް ހުށަހެޅޭނެ އެވެ.

ބީއެމްއެލްއިން ބުނީ ތިމާވެއްޓާއި ތައުލީމާއި ކުޅިވަރާއި މުޖުތަމައު ތަރައްގީކުރުމުގެ ދާއިރާތަކުން ޖަމިއްޔާތަކަށް ޕްރޮޕޯޒަލް ހުށަހެޅޭނެ ކަމަށެވެ. މި ފިޔަވަހީގައި 10 ޕްރޮޕޯޒަލަކަށް އެހީ ދޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން ޖަމިއްޔާތަކަށް، ޕްރޮޖެކްޓުތައް ހިންގުމަށް 50،000ރ. އާ ހަމައަށް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލްތައް ހުށަހަޅަން ޖެހޭނީ community@bml.com.mv އީމެއިލް އެޑްރެހަށެވެ.

ކޮމިއުނިޓީ ފަންޑަކީ ދެމެހެއްޓެނިވި ޕްރޮޖެކްޓްތައް މެދުވެރިކޮށް ޖަމިއްޔާ އަދި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުވެރިކުރުމުގެ ޕްރޮގްރާމެކެވެ. އެ ފަންޑު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 90 ޕްރޮޖެކްޓެއް ހިންގުމަށް މިހާތަނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : މާލެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަކަށް

އިތުރު ދެމީހަކު މާލެއިން ކޯވިޑަށް ޕޮޒިޓިވްވެ، މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަކަށް އަރައިފިއެވެ. މި މީހާ ...

ކޯވިޑަށް ޕޮޒިޓިވް ވިކަން އަންގަން އެޗްޕީއޭއިން ދެން ނުގުޅާނެ -މަބުރޫކު

ކޮވިޑް-19އަށް ޕޮޒިޓިވް ވިކަން އެންގުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީން މީގެފަހުން ނުގުޅާނެ ކަމަށާއި، ދެން ކޮވިޑަށް ޕޮޒިޓިވްވިކަން އެންގުމަށް ...

”މުސްލިމް ކިޑްސް ޓީވީ“ އުރީދޫން ތައާރަފްކޮށްފި

”މުސްލިމް ކިޑްސް ޓީވީ“ އުރީދޫން ތައާރަފްކޮށްފި އެވެ. ކެނެޑާގެ ކުންފުންޏަކުން އިސްނަގައިގެން ކުރިއަށްގެންދާ “މުސްލިމް ކިޑްސް ޓީވީ” އަކީ ...