ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕް: ރާއްޖެ އަށް ހަތަރު ރަން މެޑަލް

13 ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުން ހަތަރު ރަން މެޑަލް އާއި ތިން ރިހި މެޑަލް އަދި ލޯ މެޑެއްޔެއް ހޯދައިފި އެވެ.

މާލޭގެ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި އިއްޔެއިން ފެށިގެން ކުރިއަށްދާ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގައި ފަސް ގައުމަކުން އެތުލީޓުން ބައިވެރިވެފައިވެއެވެ.  އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ، ނެޕާލް، ޕާކިސްތާން، އަފްގާނިސްތާން އަދި ރާއްޖެ އެވެ.

މިމުބާރާތުގައި އިއްޔެ ކުރިއަށް ގެންދެވުނު ގިނަ އިވެންޓުތަކަށް ފަހު ރާއްޖެއަށް ރަން މެޑަލް ހޯދައިދިން އެތުލީޓުންނަކީ އަޒްނީން ރަޝާދު، އަބްދުﷲ އަހުސަން، މުހައްމަދު ޔާމީން (ޔާމްބެ) އަދި މުހައްމަދު މޫސާ (މޯޑް) އެވެ.

އަޒްނީން ރަން މެޑަލް ހޯދީ 170 ސެންޓިމީޓަރުގެ ސްޕޯޓްސް ފިޒީކް ކެޓަގަރީ އިންނެވެ. މީގެ ކުރިން 2019ގައި ނޭޕާލްގައި އޮތް ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުންވެސް އަޒްނީން ރަން މެޑަލް ހޯދާފައިވެއެވެ. އަޒްނީން ވަނީ ދާދި ފަހުން ނިމުނު މިސްޓަ މޯލްޑިވްސްގެ ސްޕޯޓްސް ފިޒީކް ކެޓަގަރީ އިންވެސް އެއް ވަނަ ހޯދައިފަ އެވެ.

ރާއްޖޭގެ މިސްޓަ މޯލްޑިވްސްގެ މަގާމް މިދިޔަ ދެ އަހަރު ހޯދި މުހައްމަދު ޔާމިން ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުން އެއްވަނަ ހޯދީ 85 ކީލޯގެ ކެޓަގަރީ އިންނެވެ.

އަބްދުﷲ އަހުސަން އެއް ވަނަ ހޯދީ އެތުލެޓިކް ފިޒީކްގެ 175 ސެންޓިމީޓަރު ކެޓަގަރީ އިންނެވެ. އަދި މުހައްމަދު މޫސާ ރަން މެޑަލް ހޯދީ 55 ކިލޯ މީޓަރު ކެޓަގަރީ އިންނެވެ.

މި މެޑަލްތަކުގެ އިތުރުން ރާއްޖޭގެ ފަތުހުﷲ މުހައްމަދު އާއި މުހައްމަދު އިމްރާހް ވާދަކުރި އިވެންޓުން ސިލްވާ މެޑަލް ހޯދިއިރު ޖޫނިއާ ކެޓަގަރީގައި ވާދަކުރި ރާއްޖޭގެ ދެ އެތުލީޓަކު ވަނީ ރިހި މެޑެއްޔަކާއި ލޯ މެޑަލެއް ވެސް ހޯދައިފަ އެވެ.

ތޭރަ ވަނަ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕުގެ އިވެންޓުތައް މިއަދު ވެސް ކުރިއަށްދާނެ އެވެ.

މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕަށް ފަހު އަންނަ ސެޕްޓެމްބަރު މަހު ނެޕާލްގައި އޮންނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖޭގެ އެތުލީޓުން ވާދަކުރާނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދެ ސްކޫލެއް ސެޓެލައިޓް ސްކޫލްގެ ގޮތުގައި ތަރައްޤީ ކުރަން ހަވާލުކޮށްފި

ސެޓެލައިޓް ސްކޫލްގެ ގޮތުގައި ޤާއިމްކުރާ ވ.ރަކީދޫ އާއި ވ.ތިނަދޫ ސްކޫލް ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ...

އަންނަ އަހަރު ދެވަނަޓާމްގައި ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދެނީ

އަންނަ އަހަރު ދިރާސީ އާ އަހަރާއެކު 25 ސްކޫލެއްގައި ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓް ފެށުމަށް ...

ފިޝަރީޒް މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ދާކަހަލަ އިޝާރާތެއް ރައީސް ނަޝީދު ކުރައްވައިފި

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ދާކަހަލަ އިޝާރާތެއް ރައްޔިތުންގެ މަޖްލިސްގެ ރައީސް އަދި ކުރީގެ ...