މިހާރު މީދޫގައި ކުރިއަށްދާ ” ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓްގެ ދެވަނަ މެޗް ގދ. ޕޮލިސްޓީމު ކާމިޔާބުކޮށްފިއެވެ.
މީދޫ އިޖުތިމާއީމަރުކަޒުގެ ވޮލީކޯޓްގައި ކުޅެވުނު މިމެޗް ގދ. ޕޮލިސް ކާމިޔާބުކޮށްފައިވަނީ ގއ. ޕޮލިސްއާއި ވާދަކޮށް 2 ސެޓް އެއްސެޓުންނެވެ.
މިމެޗްގެ ފުުރަތަމަސެޓް 16-25 އިން ގދ. ޕޮލިސް ކާމިޔާބުކުރި ނަމަވެސް ވާދަވެރި ފޯރިގަދަ ކުޅުމަކަށްފަހު ދެވަނަ ސެޓް ގއ. ޕޮލިސް ކާމިޔާބުކުރީ 23-25 އިންނެވެ.
ގއ. ޕޮލިސް ޓީމު
މިމެޗްގެ 3 ވަނަ ސެޓަކީ ވަރަށް ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާ ސެޓެކެވެ. މި ސެޓް ފެށުނީއްސުރެ ލީޑް ކުރަމުން ގޮސްފައިވަނީ ގއ. ޕޮލިސްއެވެ. މިގޮތުން 14- 11 އަށް ސްކޯ ގެންގޮސް ސެޓް ނިންމަން އެންމެ ޕޮއިންޓެއް ގއ، ޕޮލިސް ހޯދަންޖެހިފައިވަނިކޮށް ގދ. ޕޮލިސްޓީމުން ވަނީ ފަހަތުން އަރާ ސްކޯ ސާދަ ސާދައިން ހަމަހަމަކޮށް 16- 14 އިން ސެޓް ހޯދާ މެޗް ކާމިޔާބުކޮށްފައެވެ.
މީދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މާނާ މުމްތާޒު ޝަރަފްވެރިކޮށްދެއްވި މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގދ. ޕޮލިސްޓީމުގެ ކެޕްޓަންއެވެ.
މިމުބާރާތަކީ އައްޑޫސިޓީ ޕޮލިސް ރިކްރިއޭޝަން ކުލަބު ސައުތު ބްލޫޒްއިން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ.
މިމުބާރާތުގެ މެޗްތައް ކުޅެވެނީ މީދޫ ވޮލީކޯޓްގައެވެ.
1-7-2023- މީދޫ އިޖްތިމާއީ މަރުކަޒު- ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓްގެ ދެވަނަ މެޗްގެ މޮޅުކުޅުންތެރިޔާއަށް އިނާމު ހަވާލްކޮށްދެއްވީ މީދޫ އަވަށު އޮފީހުގެ ޑިރެކްޓަރ މާނާ
ކޮމެންޓްސް (0)