ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޯނަމެންޓް 2023 – ފުރަތަމަމެޗް ކާމިޔާބުކުރީ ފުވައްމުލަށްސިޓީ ޕޮލިސް

އައްޑޫސިޓީ ޕޮލިސް ރިކްރިއޭޝަން ކުލަބު ސައުތު ބްލޫޒް   އިން އިންތިޒާމްކޮށްގެން ބާއްވާ ” ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓް 2023 އިއްޔެ ހަވީރު ފަށައިފިއެވެ.

މިމުބާރާތް ފެށުމުގެ ގޮތުން އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހުޅުދޫ ކައުންސިލަރު ފައިޒުއެވެ.

މީދޫ އިޖްތިމާއީމަރުކަޒުގެ ވޮލީ ކޯޓްގައި ފެށި މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކޮށްފައިވަނީ ފުވައްމުލަށްސިޓީ ޕޮލިސްޓީމާ އައްޑޫސިޓީ ޕޮލިސްޓީމެވެ.

މިމެޗް ސިދާ ދެސެޓުން ކާމިޔާބުކުރީ ފުވައްމުލަށް ސިޓީ ޕޮލިސްޓީމެވެ.

މިމެޗްގެ ފުރަތަމަސެޓް  ވާދަވެރި ކުޅުމަކަށްފަހު ފުވައްމުލަށް ސިޓީ ޕޮލިސްޓީމް ކާމިޔާބުކުރީ 14-25 އިންނެވެ. އެހެންނަމަވެސް މިމެޗްގެ ދެވަނަ ސެޓް ފުވައްމުލަށް ސިޓީ ޕޮލިސް ކާމިޔާބުކޮށްފައިވަނީ  04 – 25 ގެ ބޮޑުތަފާތަކުންނެވެ. މިސެޓްގައި ފުވައްމުލަކު ޓީމުގެ ސެޓަރު މަރީ އާއި ރިއްޓޫގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ޚާއްސަކޮށް ސެޓަރު މަރީގެ ސާވިސްގައި 11 ޕޮއިންޓް ހޯދާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ފުވައްމުލަށް ސިޓީ ޕޮލިސްޓީމުގެ މަރީއެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނު މަރީއަށް އިނާމު ހަވާލްކޮށްދެއްވީ މިމެޗްގެ ޝަރަފްވެރިމެހްމާނު ހުޅުދޫ ކައުންސިލަރު ފައިޒުއެވެ.

މިމުބާރާތުގައި ފުވައްމުލަށް ޕޮލިސްޓީމާއި އައްޑޫސިޓީ ޕޮލިސްޓީމުގެ އިތުރަށް ބައިވެރިވެފައިވަނީ ގއ. ޕޮލިސްޓީމާއި ގދ. ޕޮލިސްޓީމެވެ.

2023-7-1 މީދޫ އިޖްތިމާއީމަރުކަޒު – އައްޑޫސިޓީ ޕޮލިސްއާއި ފުވައްމުލަށް ސިޓީ ބައްދަލުކުރިމެޗްގެ ތެރެއިން

2023-7-1 މީދޫ އިޖްތިމާއީމަރުކަޒު – އައްޑޫސިޓީ ޕޮލިސްއާއި ފުވައްމުލަށް ސިޓީ ބައްދަލުކުރިމެޗްގެ ތެރެއިން

2023-7-1 މީދޫ އިޖްތިމާއީމަރުކަޒު – އައްޑޫސިޓީ ޕޮލިސްއާއި ފުވައްމުލަށް ސިޓީ ބައްދަލުކުރިމެޗްގެ ތެރެއިން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަތިމަރަދޫ އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީކުރުމަށް ބަޔަކާ ޙަވާލުކުރައްވައިފި

ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ލ. ގަމުގެ މަތިމަރަދޫ އައުޓްޑޯ ވޮލީބޯޅަ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ...

ނަޝީދު ވަކިކުރަން ސޮއިކުރައްވަން ކެރިވަޑައި ނުގެންނެވި 4 މެމްބަރުން

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރަން މަޖިލހަށް ހުށަހެޅުނު ލިޔުމުގައި ސޮއި ނުކުރައްވަނީ އެމްޑީޕީގެ ހަތަރު ...

“ކުދިން ތަރުބިއްޔަތުކުރުމަށް ފަހި މަގެއް” ފޮތް ރައީސްގެ އަނބިކަބަލުން ނެރެދެއްވައިފި

“ކުދިން ތަރުބިއްޔަތު ކުރުމަށް ފަހިމަގެއް” މިނަމުގައި އަޙްމަދު ފަޔާޟް ޙަސަން ލިޔުއްވާފައިވާ ފޮތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ...