އައްޑޫގެ  ބިން ހިއްކުމަށް ވެންއޫދުން ގެނައި  ބޯޓު އައްޑުއަށް ބަނދަރުކޮށްފި

ވެން އޫދުން އައްޑޫސިޓީގެ ބިން ހިއްކުމަށް ގެނައި  ޖައްރާފު އައްޑޫގައި ބަނދަރުކޮށްފިއެވެ.

ވެން އޫދުން އައްޑޫސިޓީ ބިންހިއްކުމަށް ގެނައި ޖައްރާފަކީ އެޗް.އޭ.އެމް 318 ހޮޕަރ އެވެ. މިޖައްރާފު މިއަދު އައްޑޫގައި ބަނދަރުކޮށްފައިވާއިރު ޓްރެއިލް ޑްރެޖިންގ މަސައްކަތް މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ.  އަދި މި ހަފްތާ ނިމުމުގެ ކުރިން ރަސްމީކޮށް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީން ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައި ވާއިރު 11 ކިލޯމީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކޮށް، ހިތަދޫއިން 90 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ބިން ހިއްކުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން މަރަދޫ އަދި މަރަދޫފޭދޫ އިން 76 ހެކްޓަރ އަދި ޓުއަރިޒަމަށް ޚާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށް ހިއްކުމަށް ހަމަޖެހިފައިވެއެވެ. ހަމައެއާއެކު 3.3 ހެކްޓަރުގެ އިތުރު ދެ ރަށް ހިއްކަން ވެސް ވަނީ ނިންމާފައެވެ.

އައްޑޫސިޓީގެ ބިންހިއްކުމުގެ މަޝްރޫއަކީ އައްޑޫގެ ތަރައްގީގެ މާސްޓަރ ޕްލޭނުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫއު ކުރިއަށް މިގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުންނެވެ.  

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19: މިއަދު ހުޅުދޫ އާއި މީދުން ޕޮޒިޓިވްވެފައިވަނީ އެކަކު

އިތުރު 1 އެކަކު ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ...

ހެޕީމާކެޓުން ރޯދަ ހަދިޔާ ބަހައިފި

ހެޕީމާކެޓުން ހުޅުދޫގެ މީހުން އުޅޭ ހުރިހާ ގެއަކަށާ މީދޫގެ ބައެއްގޭގެއަށް ރޯދަ ހަދިޔާ ބަހައިފިއެވެ. ހެޕީމާކެޓުން ހުޅުދޫގެ ހުރިހާގެއަކަށް ...

ބީއެމްއެލް ހުޅުމީދޫ ބްރާންޗްގައި ސެލްފް ސާރވިސް ބޭންކިން އޭޓީއެމް ގާއިމްކޮށްފި

ބީއެމްއެލްގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ސީނު ހުޅުމީދޫ ބްރާންޗްގައި ސެލްފް ސާވިސް ބޭންކިންގ އޭޓީއެމްއެއް ބަހައްޓާ އެ ...