މަތިމަރަދޫ އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީކުރުމަށް ބަޔަކާ ޙަވާލުކުރައްވައިފި

ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ލ. ގަމުގެ މަތިމަރަދޫ އައުޓްޑޯ ވޮލީބޯޅަ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރައްވައިފިއެވެ.

މަތިމަރަދޫ އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ޙަވާލުކުރައްވާފައިވަނީ ގްރީން ލައިން މޯލްޑިވްސްއާއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވުޒާރާގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މަތިމަރަދޫ އައުޓްޑޯ ވޮލީ ކޯޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު ފުއާދެވެ. އަދި ގްރީންލައިން މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސް ޑިރެކްޓަރ ޢަބްދުﷲ ޞާލިޙެވެ.

މި މަޝްރޫއަކީ ކުޅިވަރާބެހޭ ވުޒާރާގެ ބަޖެޓުން އެއް މިލިޔަން ތިންލައްކަ ހަތްދިހަ ހަތަރުހާސް އެއްސަތޭކަ ހަތްދިހަ އަށް ރުފިޔާ ޚަރަދުކޮށްގެން ކުރިިއަށްގެންދަން ނިންމާފައިވާ މަޝްރޫޢެކެވެ. މި މަސައްކަތް ގްރީންލައިން މޯލްޑިވްސްއާ ޙަވާލުކުރީ މަސައްކަތް ފަށާތާ 45 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭގޮތަށެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބިދޭސީންތަކެއް މީދޫގައި މީދޫ މީހަކަށް ހަމަލަދީ މާރާމާރީ ހިންގައިފި

ބިދޭސީންތަކެއް މީދޫގައި މީދޫ މީހަކަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ. އެނގިފައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ އައްޑޫ ސިޓީ ...

ވެއްޓުނު ފުލައިޓުން ދަތުރުކުރި ދިވެހި ދަރިވަރުގެ ހާލު ރަނގަޅު: ޑރ. ޝަނީޒް

ނޭޕާލްގެ ކަތަމަންޑޫ އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު މަތިންދާ ބޯޓުން ދަތުރުކުރި ދިވެހި ދަރިވަރަށް އެ ހާދިސާގައި މާބޮޑު ...

 ސްޓްރީޓް ސޮކަރ ޗެލެންޖް- ގައުމިއަންސް ޗެމްޕިއަންކަން ހޯދައިފި

 ހުޅުދޫ ޒުވާނުން އިންތިޒާމްކޮށްގެން ހުޅުދޫގައި ބޭއްވި ސްޓްރީޓް ސޮކަރ ޗެލެންޖް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މީދޫ ގައުމިއަންސް ...