މިއަހަރުގެ ފުރަތަމަ ހަނދުކޭތަ ހުކުރުދުވަހުގެރޭ

މިއަހަރުގެ ފުރަތަމަ ހަނދުކޭތަ މެއި 5 ވާ ހުކުރުދުވަހުގެ ރޭ ހިފާނެ ކަމަށް ފަލަކީ ޢިލްމުވެރިން ވިދާޅުވެެއްޖެއެވެ.

މި ކޭތަ ހިފަން ފަށާނީ ހުކުރު ދުވަހުގެރޭ 20:14 އިން ފެށިގެންނެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ ހުކުރު ދުވަހުގެރޭ 22:22 ގައެވެ. ކޭތަ ހިފައިނިމޭނީ ހުކުރު ދުވަހުގެރޭ ދަންވަރު 00:31 ގައެވެ. . 

މި ކޭތަ 4 ގަޑިއިރާއި 18 މިނިޓަށް ދިގު ދެމިގެންދާނެކަމަށް މައުލޫމާތު ލިބިފައިވާއިރު މި ހަނދު ކޭތަ ރާއްޖެއަށް ފެންނާނެއެވެ. 

ސައިންސްވެރިން ބުނާގޮތުގައި، ހަނދު ކޭތަ ހިފަން މެދުވެރިވަނީ ދުނިޔެ އޯބިޓް ކުރުމުގެ ތެރޭގައި ހަނދާއި އިރާ ދެމެދަށް ދުނިޔެ ވަނުމުގެ ސަބަބުން ދުނިޔޭގެ ހިޔަނި ހަނދަށް އެޅިގެންނެވެ.

މިއަހަރުގެ ދެވަނަ ހަނދުކޭތަ ހިފާނެ ކަމަށް ލަފާ ކޮށްފައިވަނީ އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހުއެވެ. . 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައްޔިތުން ނިދާފައި ތިއްބާ ގޭގޭގެ ބާލީސް ދޮށުގައި ހަތިޔާރު ބެހެއްޓި ގޮތަށް ކައުންސިލުން ދަނީ ވައްކަން ކުރަމުން – ރޮޒެއިނާ

ޔާމީންގެ ވެރިކަމުގައި ރައްޔިތުން ނިދާފައި ތިއްބާ ގޭގޭގެ ބާލީސް ދޮށުގައި ހަތިޔާރު ބެހެއްޓި ގޮތަށް މިއަދު މާލެ ސިޓީ ...

އިތުރު 6 މީހަކު ކޮވިޑް 19 އިން ރަގަޅުވެއްޖެ

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 6 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ. މިއާއެކު ރާއްޖެއިން މިބަލި ޖެހުނު ...

ހިތަދޫ ބަނދަރު ތަރައްގީކުރަން އެމްޓީސީއާއި ހަވާލްކޮށްފި

އައްޑޫ ސިޓީ ހިތަދޫ ކުރީގެ ބަނދަރު ތަރައްޤީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކޮށްފިއެވެ. ...