ގަހެއް ކެނޑުމުގެ ތެރޭގައި ގޮފިގަނޑަކުން ޖެހިގެން މީހަކު މަރުވެއްޖެ

ގަހެއް ކަނޑަން އުޅުމުގެތެރޭގައި ގޮފިގަނޑެއް ވިއްސައިގެން އައިސް ބޮލުގައި ޖެހި ބޮލަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މީހަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގެ ޚަބަރު މިއަދު 9:03 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިމީހާ ނިޔާވެފައިވަނީ މިމީއަށް ބޮލަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި ނިޔާވެފައި ވަނީ މީދޫގައި ދިރިއުޅެމުންއަންނަ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ އުމުރުން 61 އަހަރުގެ ފިރިހެނެކެވެ. މި ހާދިސާ ހިނގާފައިވަނީ ކެނެރީފް ރިސޯޓްގައެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްތަކުގައި އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ގޮތް # މަސްޖިދުލް ...

ކޯވިޑް-19 : ރާއްޖެއިން މަރުވި މީހުންގެ އަދަދު ތިނަކަށް

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި އިތުރު މީހަކު މަރުވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ މަރުވެފައިވަނީ އައިޖީއެމްއެޗުގައި ފަރުވާދެމުންދިޔަ 80 އަހަރުގެ ދިވެހި ...

ވަޒީފާ ގެއްލުނު މީހުންނަށް އެލަވަންސް ދޭން ގޮވާލާ ގަރާރު ބަލައެއް ނުގަތް

ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އެލަވަންސެއް ދޭން ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ...