ތައުލީމީ ގާނޫނުގެ ދަށުން ސްކޫލް ދަރިވަރުންގެ ޢާއްމު ގަވާއިދު ނެރެފި

ތަޢުލީމީ ޤާނޫނުގެ ދަށުން “ސްކޫލް ދަރިވަރުންގެ އާއްމު ގަވާއިދު” ނެރެފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނިގޮތުގައި މި ޤަވާއިދުގެ ބޭނުމަކީ ހުރިހާ ދަރިވަރުން އަމަލު ކުރާނެ އެއް މިންގަނޑެއް އޮތުމެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ސްކޫލްތަކަކީ ދަރިވަރުން ދިރިއުޅުމަށް ތައްޔާރުކޮށް، އެ ދަރިވަރުންނަކީ މުޖުތަމައު ޤަބޫލުކުރާ އަޚުލާގެއްގެ ވެރި ބަޔަކަށް ހެދުމުގެ ޒިންމާ ހަވާލުވެފައިވާ ތަނެވެ.

އެގޮތުން ސްކޫލްތަކުގައި ދަރިވަރުން އުޅޭއިރު ދަރިވަރުން އަމަލުކުރާނެ ގަވާއިދެއް އޮތުމާއި، ސްކޫލުން ބޭރުގައި ދަރިވަރުންގެ އުޅުން ބައްޓަން ކުރާނެ މިންގަނޑުތަކެއް ކަނޑައެޅިފައި އޮތުމަކީ މުހިންމުކަމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ގަވާއިދަކީ ތަޢުލީމުގެ ޤާނޫނުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހެދުމަށް މަތިކޮށްފައިވާ ގަވާއިދެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އާއްމުކޮށް، ސްކޫލް ދަރިވަރުންގެ އާއްމު ގަވާއިދަށް ޢަމަލުކުރަން އަންގާފައެވެ. މި ގަވާއިދާ އެއްގޮތަށް ސްކޫލްތަކުގެ މުވައްޒަފުންނާ، ދަރިވަރުންނާ އަދި ބެލެނިވެރިންވެސް ޢަމަލުކޮށް ތަންފީޒްކުރުމަށް އެޑިއުކޭޝަނުން ވަނީ އަންގާފައެވެ.

މި ގަވާއިދުގައި ވަނީ ސްކޫލް ދަރިވަރުންގެ އަޚުލާގީ މިންގަނޑު ހުންނަންޖެހޭގެ ގޮތްތަކާއި، ސްކޫލަށް ހާޒިރުވުމާއި ދަރިވަރުންގެ ޔުނިފޯމް ކޯޑުގައި ހުންނަންޖެހޭ މިންގަނޑު ކަނޑައަޅާފައެވެ.

އަދި ސްކޫލާއި، ސްކޫލުން ބޭރު ހަރަކާތްތަކުގައި ބައިވެރިވުމުގައި ޢަމަލު ކުރާނެ ގޮތް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ސްކޫލުން ބޭރުގައި ހިނގާ ފިލްމު، ތަމްސީލް، އިޝްތިހާރު ނުވަތަ މީޑިއާގައި ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވެވޭނީ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދައާއެކު ކަމަށް ވަނީ ބުނެފައެވެ.

އަދި މި ގަވައިދުވާ ގޮތުން ތަޢުލީމުގެ ބޭނުމަށް ހިންގޭ ތަމްރީންތައް ފިޔަވާ، 16 އަހަރުން ދަށުގެ ކުދިން އެއްވެސް ވަޒީފާއެއް އަދާކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.

މީގެއިތުރުން ސްކޫލް ދަރިވަރުން ކުރުން މަނާ ކަންތައްތައް ގަވާއިދުގައި ވަނީ ހިމަނާފައެވެ. އެގޮތުން ބެލެނިވެރިއެއްގެ ހުއްދައާއި ނުލާ ރޭގަނޑު 10:00ގެ ފަހުން ބޭރުގައި އުޅުންވެސް މަނާވާނެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިޤަވާއިދާ ޚިލާފުވާ ދަރިވަރުންނާ މެދު “ބިހޭވިއަރ މެނޭޖްމަންޓް ޕޮލިސީ”އާއި އެއްގޮތަށް ޢަމަލު ކުރަމުންދާނެ ކަމަށެވެ.

މިގަވާއިދު މިނިސްޓްރީން މިހާރު ވަނީ އާއްމުކޮށް، ޢަމަލުކުރަން ފަށާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރަށްރަށުގައި ދިއްލާފައިވާ ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރަނީ

ރަށްރަށުގައި އިޖްތިމާއީ ބޭނުންތަކަށް ދިއްލާފައި ހުންނަ ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ފެނަކަ ...

ނަފްރަތުގެ ބިލް ސަރުކާރުން ފުރަތަމަ ހުށަހެޅިގޮތަށް ފާސްކުރަން މިހާރު ބޭނުމެއް ނޫން: ރައީސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ...

މިއަދު  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން

މިއަދު ( 26 އޮގަސްޓް  2022 ވަނަ ދުވަހު )  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ...