އައްޑޫ ސިޓީ މީދޫގެ މަގުތައް ރަގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާތީ މިހާރު ފެނާއި ނަރުދަމާ ނުލެވި ހުރި ގެތަކުން ވީހާ ވެސް އަވަހަކަށް އެކަން ކުރުމަށް މީދޫ އަވަށު އޮފީހުން އަންގައިފި އެވެ.
އެ އޮފީހުން ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ މީދޫގެ ހުރިހާ ގެއަކަށް މިހާރު ފެނާއި ނަރުދަމާލުމަށް ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި އެހެންވެ އެހިދުމަތްތައް ގުޅުމަށް އެދިފައި ނުވާ ގޭބިސީތަކުން އެކަން ފެނަކަ ކޯޕަރޭޝަނާއި ގުޅިގެން ވީހާވެސް އަވަހަކަށް ކުރިއަށް ގެންދިއުމަށެވެ.
“ރަގަޅު ފެނަވަރަކަށް މަގުހަދައި ނިމުމުން ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ދަތިތަކެއް މެދުވެރިވެ ޚިދުމަތައް އެދޭފަރާތުން ކުރަންޖެހޭ ޚަރަދު ބޮޑުވުމަކީ އެކަށީގެންވާކަމެއް ” މީދޫ އަވަށު އޮފީހުގެ ފޭސް ފުބް ޕޭޖްގައި އާއްމުކޮށްފައިވާ ލިއުމުގައި ބުނެފައިވެއެވެ.
މީދޫގެ މަގުތައް ރަގަޅު ފެނަވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާއިރު މިހާރު ކުރެވެމުންދަނީ މަގުތަކުގައި ކާނު ހެދުމުގެ މަސައްކަތެވެ،
އައްޑޫގެ ސިޓީގެ މަގު ހެދުމުގެ މަޝްރޫއަކީ އިންޑިއާގެ އެފްކޮންސް ކުންފުނިން ކުރަމުން އަންނަ މަސައްކަތެކެވެ. މި ވަގުތު މަގު ހެދުން އެންމެ ބާރަށް ކުރިއަށް ދަނީ ހިތަދޫ ފޭދު އަދި މަރަދޫ މީދޫގަ އެވެ.
ކޮމެންޓްސް (0)