މިއަދު ހުޅުދޫއާއި މީދުން 10 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

advertisement

އިތުރު 10 މީހަކު ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންނަކީ ކުރީން ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުންނެވެ. އަދި މިމީހުންނަކީ ކަރަންޓީންކޮށްފައިވާ ގޭގެއިން ޕޮޒިޓިވްވި މީހުންނެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކީ މީދޫ މީހެކެވެ. އަނެއް ނުވަމީހުންނަނީ ހުޅުދޫ މީހުންނެވެ.

ހުޅުދޫއާއި މީދޫގެ ކޮވިޑް-19ގެ ހާލަތު  ކަންބޮޑުވާ ހާލަތަކަށް ގޮސްފައިވާއިރު  އިއްޔެ 2 މީހުން ހުޅުދޫއާއި މީދުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި ދިހަ މީހުންނާއިި އެކު ޖުމްލަ 60 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށްވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ހުޅުދޫ އާއި މީދުން 70 ވަރަކަށްގެ ވަނީ ކަރަންޓީނުކޮށްފައެވެ.

ކޮވިޑްގެ ހާލަތު ކަންބޮޑުވާންޖެހޭ މިންވަރަށް ހުޅުދޫއާއި މީދޫގައި ފެތުރެމުންދާއިރު ކޮވިޑްގެ ކޭސްތައް މަދުކުރުމަށް  ކަމާބެހޭ ފަރާތްތަކަށް އެއްބާރުންލުން ދިނުމުގެ ގޮތުން ކޮންޓެކްޓް ރޭސިންގެ ތެދުމައުލޫމާތު ހިއްސާކުރުމަށާ  ބަލިއިތުރަށް ފެތުރުން ހުއްޓުވުމަށް ސާމްޕަލް ނަގާ ފަރާތްތަކުން ވެސް ނަތީޖާ ލިބެންދެން ސެލްފް އައިސޮލޭޝަންގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ.

އަދި ބަލިމީހުންނާއި ކޮންޓެކްޓް ވެފައިވާ ފަރާތްތަކުންވެސް އެކަން ސިއްހީމަރުކަޒުގެ 6894680 ނަމްބަރު ފޯނަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާ ކުރުމަށްފަހު ކަމާ ބެހޭ ފަރާތްތަކުން ވަކި ގޮތެއް އަންގަވަންދެން ސެލްފް އައިސޮލޭޝަނުގައި ތިބުމަކީ ބަލިއިތުރަށް ފެތުރިޔަ ނުދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

ހުޅުދޫއާއި މީދޫ ގައި ހަލުއި ކަމާއެކު ކޮވިޑް 19 ގެ ވައިރަސް ފެތުރެމުންދާތި މިއަދުންފެށިގެން އެއް ހަފުތާއަށް ހުޅުދޫ މީދޫގެގެ މިސްކިތްތަކުގައި ޖަމާއަތުގަިއ ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީއިން ވަނީ ނިންމާފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލޭގައި ފެންބޮޑުވުމުގެ ސަބަބުން 160 އާއިލާއަކުން އެހީތެރިކަމަށް އެދިފައިވޭ – ރައީސް

މާލޭ ސިޓީގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 160 އާއިލާއަކުން އެހީތެރިކަމަށް އެދި ރިޕޯޓުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ...

އަގު ބޮޑުކޮށްފިނަމަ މަޖޫރިންނާއި މުދާ އުފުލާ އުޅަނދުތައްވެސް މި ސަރުކާރުން ކޮންޓްރޯލް ކުރާނެ – ސައީދު

މާލެ ތެރޭގައި މުދާ އުފުލާ ގަޑިއަށް ބަދަލު ގެނައުމުން މުދާތައް ކްލިޔާ ކުރާ މަޖުރީންނާއި އަދި އެމްޕީއެލްއިން މުދާ ...

ކޮވިޑް-19 ދުވާލެއްގެ މައްޗަށް 150 އަށްވުރެ ގިނަ ޓެސްޓް އައްޑޫއިން މިހާރު ހެދޭނެ : ޝަރަފުއްސާދާތު

އައްޑޫގައި ކޮވިޑް-19 އަށް ދުވާލެއްގެ މައްޗަށް 150 އަށް ވުރެ ގިނަ ޓެސްޓު މިހާރު ހެދޭނެ ކަމަށް އައްޑޫ ...