ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އެލަވަންސެއް ދޭން ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވަނީ ކޮވިޑް-19 ގެ ސަބަބުން، ރާއްޖޭގެ އެކި ސިނާއަތުތަކުގައި ވަޒީފާ އަދާކުރަމުން ދިޔަ އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލިފައިވާ ކަމަށާއި ވަޒީފާ ގެއްލި ދެ މަހެއްހާ ދުވަސް ވެފައިވާއިރު އެތައް ހާސް އާއިލާއެއް ބިކަހާލުގައި ޖެހިފައިވާ ކަމަށާއި އެކަންކަން މެދުވެރިވެފައިވަނީ ކޮވިޑް-19 ފެތުރޭތީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ދޯހަޅިކަމުގެ ސަބަބުން ކަމަށެވެ.

އެހެންކަމުން އެ އާއިލާތަކަށް ލިބުނު ގެއްލުންތަކުން ސަލާމަތް ކޮށްދިނުމުގައި ވެސް ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ. މި ގޮތުން ގެއްލުންތަކެއް ލިބުނު ހުރިހާ މަސައްކަތްތެރިންނަށް ހާލަތުން އަރައިގަނެވެންދެން ސަރުކާރުން އިނާޔަތެއް ދޭން ޖެހޭ ކަމަށް އެ ކުއްލި މައްސަލާގައިވެ އެވެ.

އަދި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ރިބައުންޑް ކުރުމަށް ބޭނުންވާ ރިސޯސަސް މިހާރުން މިހާރަށް ގާއިމުކޮށް ދިނުމަށާއި އެކަަމަށް ބިއުރޯއެއް އުފެއްދުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

މައްސަލަ މަޖިލީހަށް ބަލައިގަތުމާ ގުޅޭގޮތުން މިއަދު މަޖިލީހުގައިި ނެގި ވޯޓުގައި، އެ މައްސަލައަށް ބަހުސްކުރަން ނުފެންނަކަމަށް 27 މެމްބަރުން ވަނީ ވޯޓުދެއްވައިފަ އެވެ. މައްސަލަ ބަލައިގަންނަން ވޯޓުދެއްވީ އެންމެ މެމްބަރެކެވެ. އެއާއެކު އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލައިިފަ އެވެ.

ވަޒީފާ ގެއްލުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޖާބިރު ގަރާރެއް ހުށައަޅުއްވާފައިވާއިރު، ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން އަންނަނީ 5000 ރުފިޔާގެ އެހީތެރިކަމެއް ދެމުންނެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިރޭ ބްރެޒިލްގައި ފަށާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ދިރާގު ޓީވީ އަދި ދިރާގު ޕްލޭއިން ބެލޭނެ

މިރޭ ދަންވަރު 2:00 ގައި ފެށުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ދިރާގު ޓީވީ އަދި ދިރާގު ...

މިއަހަރުގެ ފުރަތަމަ ހަނދުކޭތަ ހުކުރުދުވަހުގެރޭ

މިއަހަރުގެ ފުރަތަމަ ހަނދުކޭތަ މެއި 5 ވާ ހުކުރުދުވަހުގެ ރޭ ހިފާނެ ކަމަށް ފަލަކީ ޢިލްމުވެރިން ވިދާޅުވެެއްޖެއެވެ. މި ...

ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއިނަފްރަތު އުފެއްދުން: ރައީސް ނަޝީދު

ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއިނަފްރަތު އުފެއްދުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު ރާއްޖެޓީވީ އަށް ...