އަނެއްކާވެސް އައްޑޫ ސިޓީ ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ލ. އަތޮޅުންފެށިގެން އައްޑޫ ސިޓީއާއިހަމައަށް ޔެލޯ އެލާޓް ނެރެފައިވަނީ މިރޭ 21:00 އިން މިރޭގެ ދަންވަރު 1:00 ގެ ނިޔަލަށެވެ.
އައްޑޫސިޓީ ހިމެނޭ ސަރަހައްދަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން މިރޭ 19:00 ން މިރޭގެ ދަންވަރު 1:00 އަށް ވައިޓް އެލާޓް ނެރެފައިވާއިރު މިއަދުގެ އެހެން ދެވަގުތެއްގައި އައްޑޫސިޓީ ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓްވެސް ނެރެފައިވެއެވެ.
މސިޓީ އާއި އައްޑޫ ސިޓީއަށް ނެރެފައިވާ ޔެލޯ އެލާޓުގައި ބުނެފައިވަނީ، ލ. އަތޮޅުން ފެށިންގެން އައްޑޫސިޓީއާއިހަމައަށް ޔެލޯ އެލާޓް ނެރެފައިވާ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާ އަދި ވިލާގަޑުގައި 50 މޭލަށް ވައިގަދަވާނެކަމަށްވެސް މީޓިއޮރޮލޮޖިކަލްގެ ޔެލޯއެލާޓްގައި ހާމަކޮށްފައިވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާގައި އައްޑޫސިޓީއަށްވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް މިއަދު ވަނީ ފެންވަދެފައެވެ.