ސައިކަލް އެކްސިޑެންޓްގައި ބޮޑަށް އަނިޔާލިބުނު ހަސަންދީދީ މާލެ ފޮނުވާލަނީ

މީދޫގައި ދެ ސައިކަލް ޖެހި އިއްޔެ ހަވީރު ހިނގި އެކްސިޑެންޓްގައި ބޮޑަށް އަނިޔާލިބިފައިވާ ސ. މީދޫ ގުލްއަލާގޭ ހަސަންދީދީއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ފޮނުވާލުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ހަސަންދީދީ މާލެ ފޮނުވުމަށްވަނީ ހަމަޖެހިފައެވެ.

މީދޫ ރެސިޑެންސްގެ ކަންމަތިން އިއްޔެ ހަވީރު ހިގި މިއެކްސިޑެންޓްގައި ހަސަންދީދީއަށް  ހުޅުމީދޫ ސިއްހީމަޒުކަޒުން ފަރުވާދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވީ ރޭގެ ވަގުތެއްގައެވެ.  މިއެކްސިޑެޓްގައި އަނިޔާ ލިބުނު މީދޫ ރަންވިނަ މުހައްމަދު ހާއިދުއަށް ސިއްހީމަރުކަޒުން ފަރުވާދިނުމަށްފަހު ރޭ ވަނީ ދޫކޮށްލާފައެވެ.

މިއެކްސިޑެންޓް ހިގާފައިވަނީ ފިނިހިޔާމަގުން އިރުން ހުޅަގަށް މުހައްމަދު ހާއިދު ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލް ފެންނާމަގުން ދެކުން އުތުރަށް ހަސަންދީދީ ދުއްވާފައިދިޔަ ސައިކަލްގައި ޖެހިގެންނެވެ.

Next: ފެނަކައަށް 7 އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި