މަމްލޫކުގެ ހެޓްރިކާއެކު ޝަރަފުއްދީން ސްކޫލްގެ މައްޗަށް އިރުޝާދިއްޔާސްކޫލް ބޮޑުތަފާތަކުން ކުރިހޯދައިފި

އިރުޝާދިއްޔާ ސްކޫލްގެ ފޯވާޑް މުހައްމަދު މަމްލޫކުގެ ހެޓްރިކާއެކު ޝަރަފުއްދީން ސްކޫލްގެ މައްޗަށް އިރުޝާދިއްޔާ ސްކޫލް ބޮޑުތަފާތަކުން ކުރިހޯދައިފިއެވެ.

މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި  މިއަދު ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުން އިރުޝާދިއްޔާ ސްކޫލް ޝަރަފުއްދީން ސްކޫލް ވާދަކޮށް  މޮޅުވީ 7 ލަނޑު 0 ލަނޑުންނެވެ.

މިމެޗު ފަށައިގެން އިރުޝާދިއްޔާ ސްކޫލުން ފުރަތަމަ ލީޑު ނެގީ 4 ވަނަ މިނެޓްގައި ހަސަން ހައިޒަމް ޝަރީފު ކާމިޔާބުކޮށްދިން ލަނޑުންނެވެ.  އިރުޝާދިއްޔާ ސްކޫލްގެ ދެވަނަ ލަނޑު 15 ވަނަ މިނިޓްގައި މުހައްމަދު މަމްލޫކު ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ 3 ވަނަ ލަނޑު 37 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު ތަމާމް ޝާހިދެވެ. އިރުޝާދިއްޔާ ސްކޫލް 4 ވަނަ ލަނޑާއި 5 ވަނަ ލަނޑު 38 ވަނަ މިނިޓާއި 40 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީގެން މަމްލޫކް ވަނީ މިމެޗްގައި ހެޓްރިކް ހަދާފައެވެ.  އެޓީމުގެ 6 ވަނަ ލަނޑު ހަސަން ޒައިދާން މުހައްމަދު އަލީ ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ 7 ވަނަ ލަނޑު މެޗްގެ އިތުރުވަގުތުގައި ކާމިޔާބުކޮށްދީފައިވަނީ އިސްމާއީލް ސިއާން ފަތުހީއެވެ.

މިމުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގައި 5 ޓީމަކުން ބައިވެރިވެފައިވާއިރު މިއުމުރުފުރައިގެ މެޗްތައް ކުޅެމުންދަނީ ކޮންމެ ޓީމެއް ކޮންމެޓީމަކާ އެއްފަހަރު ބައްދަލުކުރުމަށްފަހު ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ފައިނަލަށް ހޮވޭގޮތަށެވެ.

Next: އެމްޑީޕީއަށް އައްޑޫސިޓީގެ މެޖޯރިޓީ ދިނީ ވަރަށްބޮޑު އުއްމީދަކާއެކު- ނިހާދު