ކިނޮޅަހު ކައުންސިލް މެމްބަރު އަބްދުލް މަޖީދު މަރުވެފައި އޮއްވާ ފެނިއްޖެ

Advertisement

އުމުރުން 48 އަހަރުގެ ރ. ކިނޮޅަހު ކައުންސިލް މެމްބަރު އަބްދުލް މަޖީދު ހަސަން އަވާހަރަވެފައި އޮއްވާ ފެނިއްޖެއެވެ.

އަބްދުލް މަޖީދު އަވަހާރަވެފައި އޮއްވާ ފެނުނީ އޭނާގެ އަމިއްލަ ގޭގައެވެ.

އޭނާ އަވަހާރަވެފައި އޮއްވާ އޮއްވާ ފެނިފައިވަނީ މިރޭ 7:45 އެހާކަންހާއިރު އެވެ،

މަޖީދަކީ ހިތުގެ ބަލީގެ އާލާސްކަންފުޅަކަށް ކުރިން ފަރުވާ ހޯއްދަވާ މީގެ 12 ވަރަކަށް އަހަރު ކުރިން އެންޖިއޯ ޕްލާސްޓީ ހައްދަވާފައިވާ ބޭފުޅެކެވެ.

އޭނާ އަކީ އަދާލަތު ޕާޓީގެ މެމްބަރެކެވެ. މަޖީދު މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވަނީ ކައުންސިލްގެ ދެވަނަ ދައުރެވެ. މަޖީދު އަވަހާރަވިކަން އެނގުނީ މިރޭގެ ކެއުމަށް ކޮޓަރިން ނުކުމެވަޑައިނުގެންނެވުމުން ބެލިއިރު އެވެ.

މަޖީދު ދިރިއުޅުއްވަނީ އާއިލާގެ އެހެން ބޭފުޅުންނާ އެކު އެވެ. މިއަދު ވެސް އޭނާ އޮފީހަށް ނުކުމެވަޑައިގެން ރަސްމީ މަސައްކަތްތައް ކުރެއްވެވިއެވެ.

މަޖީދުގެ އަނބިކަނބަލުންނާއި ތިން ބޭފުޅުން ދިރިއުޅުއްވަނީ މާލޭ ގައެވެ.

 

Next: ރޮޒެއިނާގެ ކެމްޕެއިން ބެނާއަކަށް އަނެއްކާވެސް ގެއްލުންދީފި