ރޮޒެއިނާގެ ކެމްޕެއިން ބެނާއަކަށް އަނެއްކާވެސް ގެއްލުންދީފި

Advertisement

އޭޕްރިލް މަހުގެ 06 ވަނަ ދުވަހު އޮންނަ ރައްޔިތުން މަޖިލިސް އިންތިޚާބުގައި މީދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރޮޒެއިނާގެ ކެމްޕޭން ބެނާއަކަށް ދެވަނަފަހަރަށް ބަޔަކު ގެއްލުން ދީފިއެވެ. މީގެ ކުރީން ރޮޒެއިނާގެ ކެމްޕެއިން ބެނާއަކަށް ގެއްލުންދީފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭގައެވެ. ހުކުރުދުވަހުގެރޭ ގެއްލުންދީފައިވަނީ މީދޫ ބަނދަރު ސަރަހައްދުގައި ބަހައްޓާފައިހުރި ރޮޒެއިނާގެ ކެމްޕެއިން ބެނާއަކަށެވެ.

މިފަހަރު ގެއްލުން ދީފައިވަނީ ރޮޒެއިނާގެ ކެމްޕެއިން ޓީމުން މީދޫ ލަކީކޯނަރ ކައިރީގައި ހަރުކޮށްފައިވާ  ބެނާގައިހުރި ރޮޒޭނާގެ ފޮޓޯއިން ރޮޒެއިނާގެ ބޯ ހުރި ސަރަހައްދު ކަފާލައިގެންނެވެ.

ރޮޒެއިނާގެ ކެމްޕެއިންޓީމުގެ ބޭފުޅަކު ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަން ހުރިހާ ކެނޑިޑޭޓުންނަށް ވެސް އޮންނަން ޖެހޭނެ ކަމަށެވެ. މިގޮތައް ބޭނާތައް ކަފާލުމަށްފަހު ހަލާކުކޮށްލުމަކީ  ދަށުދަރަޖައިގެ އަމަލެއް ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.

މިފަދަ ގެއްލުންތައް ދިން ނަމަވެސް މަޑުޖެހުމެއް ނެތި ކެމްޕޭން ކުރިއަށް ގެންދަވާނެ ކަމަށް ވެސް ރޮޒެއިނާގެ ކެމްޕެއިންޓީމުންވަނީ ހާމަކޮށްފައެވެ.

Next: 87 ގޮނޑީގެ ތެރެއިން ހަ ގޮނޑިވެސް އެބޭފުޅުންނަށް ނުނެގޭނެ. – ނަޝީދު