ރައީސް ޔާމީންއަށް އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭ: ރައީސް ނަޝީދު

Advertisement

ކުރީގެ ރައީސް ޔާމީންއަށް ދެފުށް ފެންނަ އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ކުށުގެ ތުހުމަތުން ބަރީއަވުމުގެ ފުރުސަތާއި ދެފުށް ފެންނަ އިންސާފުވެރި ޝަރީއަތެއްގެ އިތުރުން އެކަށީގެން ވާ ވަގުތު ރައީސް ޔާމިންގެ ދިފާއުގައި ދޭންޖެހޭނެކަމަށެވެ.

ރައީސް ނަޝީދު ވަނީ އެމްއެމްއާރްޕީސީގެ ފައިސާތައް ގިނަ އަދަދުން ރައީސް ޔާމީންގެ އެކައުންްޓަށް ވަންނަމުންދިޔައިރުވެސް އެކަމާއި މެދު ސުވާލުއުފެދިފައިވާ ނުވާތީ ކަންބޮޑުވެފައެވެ.

” ފުރަތަމަ ކަމަކަށް އަޅުގަނޑު ގެންދެބަލަ ޗެކެއް ޖަމާކުރަން ، 500 ސުވާލު ނުކުރޭތޯ ، 4 ލިޔުން ނުދޭތޯ ، އެންމެ ފަހުން ބްލަޑް ގްރޫޕު ވެސް ދައްކައިގެން ފައިސާ އެއްތަނުން އަނެއްތަނަށް ގެންދެވެނީ . އެކަމަކު އެމްއެމްޕީއާރުސީގެ ދައުލަތުގެ ފައިސާ އަމިއްލަ އެކައުންޓަށް ވަދެގެން ދިޔައިރު އެއްވެސް މީހަކަށް ނޭގުން . އިހުމާލުވިމީހުން ސާފުކުރަން ޖެހޭ ” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ، ނިމިދިޔަ ސަރުކާރުގައި ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ ބޭފުޅުންގެ ތަހުގީގުކޮށް ހައްގު އަދަބު ލިބެންޖެހޭ ފަރާތަކަށް އެ އަދަބު ލިބޭނެކަމަށް ވިދާޅުވެފައެވެ.

Advertisement
Next: ކޭން މަރުވެއްޖެ