ކޭން މަރުވެއްޖެ

ފުޓުބޯޅަ އަދި ވޮލީ ކުޅުނު މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖަލީލް (ކޭން ) މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޭން މަރުވީ އެތެރެހައްޓަށް ދިމާވި ސިއްހީ މައްސަލައަކަށް ކޮލަމްބޯގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ފޯވާޑެއްގެ ގޮތުގައި ކުޅެފައިވާ ކޭން  ފަހުން އުޅެމުންގޮސްފައިވަނީ ވިޔަފާރީގެ ތެރޭގައެވެ.

މިދިޔަ އަހަރު ކޭން މޫނަށް ޕެޕާ ސްޕްރޭ ޖަހައި ހަމަލާދީ، ގިނަ އަދަދެއްގެ ފައިސާތަކެއް ބަޔަކު ފޭރުނު މައްސަލައެއް ފުލުހުން ވަނީ ބަލާފައެވެ. އޭނާއަށް ހަމަލާދިނީ ފައިސާތަކާއެކު ގެއަށް ވަންނަނިކޮށެވެ.

Next: މީދޫއިން މަސްވެރިކަން ކުރަން ނުކުތް ދޯންޏެއް ބަންޑުން ޖަހާލައިފި