ޖޯލިއަންސް މިކްސް  ވޮލީބޯލް މުބާރާތް 2018 : ރޭ ކުޅެވުނު  މެޗް ޓީމް އަލްފައިން ކާމިޔާބުކޮށްފި

ޖޯލިއަންސް މިކްސް  ވޮލީބޯޅަ މުބާރާތުގެ ނަމުގައި މިހާރު ފޭދޫގައި ކުރިއަށްދާ ވޮލީ މުބާރާތުގައި  ރޭ ކުޅެވުނުމެޗް ޓީމް އަލްފައިން ކާމިޔާބުކޮށްފިއެވެ.

ފޭދޫ ވޮލީ ކޯޓްގައި ރޭ ކުޅެވުނު މިމެޗް ޓީމް އަލްފައިން ކާމިޔާބުކުރީ ޓީމް އެވަގްރީންއާއި ބައްދަލުކޮށް 3 ސެޓް 1 ސެޓުންނެވެ.

މިމެޗްގެ ކްއީން އޮފްދަ މެޗަކަށް ހޮވުނު އެވަގްރީންގެ ހައްވާ އާސިމާ ހަސަންއަށް  ކްއީން އޮފްދަމެޗްގެ އިނާމް ހަވާލްކޮށްދެއްވީ ރޭގެ މެޗްގެ ޝަރަފްވެރިކޮށް ދެއްވި ދެބޭފުޅުންގެ ތެރެއިން އައްޑޫސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ 2 ވަނަ ދައުރުގެ ރައީސާ ޝެހެނާޒް ރަޝީދެވެ.

މިމެޗްގެ މޭން އޮފްދަމެޗަކަށް ހޮވުނު ޓީމް އަލްފައިންގެ އިބްރާހިމް މޫނިސަށް މޭން އޮފްދަމެޗްގެ އިނާމު ހަވާލްކޮށްދެއްވީ ރޭގެ މެޗް ޝަރަފްވެރިކޮށްދެއްވި ދެބޭފުޅުންގެތެރެއިން ފޭދޫ އަވަށު އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ މޫސާ ނަސީރެވެ.

Next: ޓްރާންސް ޕޯޓް އޮތޯރިޓީގެ ހުޅުމީދޫ ޔުނިޓުން ދެމުން އައި ޚިދުމަތް ހިތަދޫ ޓްރާންސް ޕޯޓް އޮތޯރިޓީގެ އޮފީހުން ދިނުމަށް ހަމަޖައްސަވައިފި