ޓްރާންސް ޕޯޓް އޮތޯރިޓީގެ ހުޅުމީދޫ ޔުނިޓުން ދެމުން އައި ޚިދުމަތް ހިތަދޫ ޓްރާންސް ޕޯޓް އޮތޯރިޓީގެ އޮފީހުން ދިނުމަށް ހަމަޖައްސަވައިފި

މޯލްޑިވްސް ޓްރާންސް ޕޯޓް އޮތޯރިޓީގެ ހުޅުމީދޫ ޔުނިޓުން ދެމުން އައި ޚިދުމަތް މޯލްޑިވްސް ޓްރާންސް ޕޯޓް އޮތޯރިޓީގެ ހިތަދޫ އޮފީހުން ދިނުމަށް ހަމަޖައްސަވައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ޓްރާންސް ޕޯޓް އޮތޯރިޓީގެ ހުޅުމީދޫ އޮފީހުން 30 ޑިސެމަބރ 2018 ވަނަ ދުވަހު ނެރުއްވާފައިވާ ދެންނެވުމެއްގައެވެ.

މޯލްޑިވްސް ޓްރާންސް ޕޯޓް އޮތޯރިޓީގެ ހުޅުދޫ ޔުނިޓުން ކުރަމުން އައި މަސައްކަތް ހިތަދޫ އޮފީހުން ލިބޭގޮތައް ހަމަޖައްސައި އާއްމުކޮށްފައިވާ އެންގުމުގައި ހިތަދޫ އޮފީހަށް މަސައްކަތް ބަދަލުކުރުމުން ރަށްޔިތުންނަށް ދިމާވެދާނެ  ދަތިތަކަށްޓަކައި ނިހާޔަތަށް މައާފަށްވެސް އެދިފައި ވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މޯލްޑިވްސް ޓްރާންސް ޕޯޓް އޮތޯރިޓީގެ ހުޅުމީދޫ އޮފީހުން ކުރަމުން އައި މަސައްކަތް ހިތަދޫ އޮފީހަށް ބަދަލުކޮށްފައިވަނީ ހުޅުމީދޫ އޮފީހުގައި މަސައްކަތް ކުރި މުވައްޒަފު އޮފީހުން އަމިލައަށް ވަކިވެގެން ގޮސްފައިވާތީއެވެ.

Next: މީލާދީ އާއަހަރު ފާހަގަކުރުން