ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ އިސްތިއުނާފްކޮށްފި

Advertisement

ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓްގައި އިސްތިއުނާފްކޮށްފިއެވެ.

ރައީސް ޔާމީންގެ އެކައުންޓްތަކުން 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން ފްރީޒްކޮށްފައެވެ. ރައީސް ޔާމީން ޤަވާއިދާ ޚިލާފަށް މާލީ މުޢާމަލާތްތަކެއްކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަންފަށާފައިވަނީ ރިޔާސީ އިންތިޚާބު ތެރޭގައި ރައީސް ޔާމީންގެ ބޭންކް އެކައުންޓަކަށް ގިނައަދަދެއްގެ ފައިސާތަކެއް ޖަމާކުރި މައްސަލަ އެމްއެމްއޭއިން ފުލުހުންނަށް ހުށަހެޅުމުންނެވެ.

މިމައްސަލައާގުޅިގެން ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ ހައިކޯޓްގައި އިސްތިއުނާފްކޮށްފައިވާކަމަށް ޕީޕީއެމްގެ ނާއިބުރައީސް އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވިއެވެ.

Next: ޖޯލިއަންސް މިކްސް ވޮލީ މުބާރާތް: ޓީމް ލިޓަސް ކުޅުނު ދެވަނަމެޗުންވެސް ކާމިޔާބުކޮށްފި