ޖޯލިއަންސް މިކްސް ވޮލީ މުބާރާތް: ޓީމް ލިޓަސް ކުޅުނު ދެވަނަމެޗުންވެސް ކާމިޔާބުކޮށްފި

Advertisement

އައްޑޫސިޓީ  ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ފޭދޫގައި މިހާރު ކުރިއަށްދާ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ރޭ ކުޅެވުނުމެޗް ޓީމް ލިޓަސް ކާމިޔާބުކޮށްފިއެވެ.

ރޭ ކުޅެވުނު މިމެޗް ޓީމް ލިޓަސް ކާމިޔާބުކުރީ  ޓީމް އެވަގްރީންއާއި  ބައްދަލުކޮށް   3 ސެޓް 2 ސެޓުންނެވެ. މިމެޗުން ލިޓަސް މޮޅުވުމުން އެޓީމު މިމުބާރާތުގައި ކުޅުނު ދެމެޗުންވެސްވަނީ މޮޅުވެފައެވެ. ޓީމް ލިޓަސް މިމުބާރާތް ފެށުމުގެ ގޮތުން ކުޅެވުނު ފުރަތަމަ މެޗުން މޮޅުވެފައިވަނީ ޓީމް ޗެލެންޖާސްއާއި ބައްދަލުކޮށް 3 ސެޓު 2 ސެޓުންނެވެ.

ރޭ ކުޅެވުނުމި މެޗްގެ ކްއީން އޮފްދަ މެޗަކަށް ޓީމް ލިޓަސްގެ ފާތުމަތު ނުސްރާ  ހޮވިފައިވާއިރު މިމެޗްގެ މޭންއޮފްދަމެޗަކަށް ހޮވިފައިވަނީ ޓީމް އެވަގްރީންގެ މުހައްމަދު ޖައުޝަން ޖަމްޝީދެވެ.

ކްއީންއޮފްދަމެޗް ނުސްރާއާއި މޭންއޮފްދަމެޗް ޖައުޝަން ޖަމްޝީދު

ފޭދޫ ޒުވާނުން އިންތިޒާމްކޮށްގެން ފޭދޫގައި  ބާއްވާ މިވޮލީ  މުބާރާތުގެ މަޤްޞަދަކީ ކުޅިވަރުގެ ރޫޙް އާލާ ކުރުމާއި އައްޑޫސިޓީގައި ވޮލީބޯޅައިގެ ރޫހު އާލާ ކުރުމުގެ އިތުރަށް  އެކުވެރިކަން ބަދަހިކުރުންކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.

ޖުމްލަ ހަ ޓީމެއް ބައިވެރިވި މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ފަސްހާސް ރުފިޔާ، ރަނައަޕްޓީމަށް ތިން ހާސް ރުފިޔާ އަދި ތިންވަނައަށް ހޮވޭ ޓީމަކަށް އެއްހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

Next: ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ޢަލީ ޚާލިދު އައްޔަންކުރައްވައިފި