އައްޑޫ ސިޓީ ހިތަދުން ގެންލިގެން ހޯދަމުންދިޔަ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

އައްޑޫސިޓީ ހިތަދޫއިން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެފައިވައި އޮއްވާ ފެނިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ސ. ހިތަދޫ، ގޯޔާވިލާ އަބްދުﷲ މަނިކުފާނު (87އ)އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ރޭގެ 12:43 ހާއިރު، މި މީހާ ގެއްލިގެން ފުލުހުންނަށް ވަނީ ރިޕޯޓު ކޮއްފައެވެ. އަދި އެމީހާ ހޯދަމުން ދަނިކޮށް އެމީހާފެނިފައިވަނީ މިއަދު ހެނދުނު 8:05 ހާއިރު ކުދު މާހެރެ ކިޔާ ރަށަކާ ދިމާލަށް މޫދުތެރެއިން ކަމަށް ފުލުހުން ބުނެއެވެ.

މިކަމާ ގުޅިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފައި ވަނީ، މިއަދު ހެނދުނު 8:15 ހާއިރު 87 އަހަރު މީހަކު މަރުވެގެން ގެނެސްފައިވާ ކަމަށެވެ. އަދި އެނާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެއވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ އާއިލާއިން އޭނާ ގެއްލިގެން ހޯދަން ފަށާފައިވަނީ އީއްޔެ ހަވީރުގެ ވަގުތެއްގައެވެ. މިމީހާ އަކީ މިދިޔަ އަހަރު އިންޑިޔާ ތެރޭ އިންޑިޔާ އަށް ބޭސް ފަރުވާ އަށް ގޮސް އުޅެނިކޮށް ވެސް ގެއްލިގެން ހޯދި މީހެކެވެ. އޭރު އޭނާ ފެނިފައިވަނީ ހޯދަމުން ދިޔަތާ އެއްދުވަސް ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.

Next: ވިހި ރަށެއްގައި ނަރުދަމާ އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި