ވިހި ރަށެއްގައި ނަރުދަމާ އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ވިހި ރަށެއްގައި ނަރުދަމާ އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވިހި ރަށެއްގެ ނަރުދަމާގެ މަސައްކަތް ބަޔާކާ ހަވާލު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަނެގް އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލައްމާން ވިދާޅުވީ، މި މަސައްކަތާއިއެކު ގިނަ ރަށެއްގައި ވަޒީފާގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ.

މީގެއިތުރުން ރައީސް ޔާމީންގެ ބިޔަ މަޝްރޫއުގެ ހިއްސާއަކަށް ފެނަކަ ކޯޕަރޭޝަން ވާތީ، އެކަމަށް ލައްމާން ވަނީ ރައީސް ޔާމީން އަށް ޝުކުރު ދަންނަވާފައެވެ.މީގެއިތުރުން ރައީސް ޔާމީންގެ އިތުރު ދައުރެއް ފެނިގެން ދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ލައްމާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ތޯރިޤް އިބްރާޙިމް ވިދާޅުވީ މި ސަރުކާރު އައި އިރު ނަރުދާމާ އޮތީ އެންމެ 31 ރަށުގައި ކަމަށާއި ނަމަވެސް މިއަދު 81 ރަށުގައި މި މަސައްކަތް ކުރިޔަށް ދާކަމަށެވެ.

މަސްދަރު: ޗެނަލް13

Next: މިހާރު ހުށަހެޅިފައިމިވާ އިސްލާހުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނަށް ވުރެ މާތަފްސީލީ ގޮތަކަށް އެކުށް ބަޔާންކޮށްފައިވާނެ- ނިހާނ