އިނގިރޭސީން ބަލިކޮށް، ބެލްޖިއަމުން ތިންވަނަ ހޯދައިފި

ފީފާ ވޯލްޑް ކަޕްގައި އިނގިރޭސީން ބަލިކޮށް، ބެލްޖިއަމުން ތިންވަނަ ހޯދައިފިއެވެ.

ތިންވަނަ ހޮވުމަށް ރަޝިއާގެ ސެއިންޓް ޕީޓާސްބާގް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އިނގިރޭސީން އަތުން ބެލްޖިއަމް މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ބެލްޖިއަމް ކާމިޔާބުކުރި  ފުރަތަމަ ހަތަރު މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ތޯމަސް މުނިއޭއެވެ.  ތޯމަސް މުނިއޭ ކާމިޔާބުކޮށްދިން މިލަނޑަކީ އެޓީމުގެ ނާސޭ ޗޭޑްލީ ދިން ބޯޅައަކުން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ބެލްޖިއަމް ކުރީގައި އޮވެގެންނެވެ.

މިމެޗްގައި ބެލްޖިއަމުން ކާމިޔާބުކުރި ދެވަނަ ލަނޑު 82 ވަނަ މިނިޓްގައި ޑި ބްރޭނާ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ހަޒާޑެވެ.

މިރޭގެ މެޗަށްފަހު ބެލްޖިއަމްއަށް ވަނީ ވޯލްޑް ކަޕްގެ ލޯ މެޑަލް ދީފައެވެ

ވޯލްޑް ކަޕްގެ ފައިނަލް އޮންނާނީ މާދަމާ ރޭގައެވެ. މާދަމާ ރޭ 8:00ގައި އޮންނަ ފައިނަލް މެޗުގައި ވާދަކުރާނީ ފްރާންސާއި ކްރޮއޭޝިއާއެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ރަޝިއާގެ މޮސްކޯގެ ލުޒްނީކީ ސްޓޭޑިއަމްގައެވެ.

މިއީ ކްރޮއޭޝިއާއިން ވޯލްޑް ކަޕް ފައިނަލެއްގައި ވާދަކުރާނެ ފުރަތަމަ ފަހަރެވެ.

Next: ހޯމަ ދުވަހު އީޔޫއިން ރާއްޖެއަށް ފިޔަވަޅު އަޅަނީ