ހޯމަ ދުވަހު އީޔޫއިން ރާއްޖެއަށް ފިޔަވަޅު އަޅަނީ

ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި އަދި އިސްވެރިންނާއި ގުޅުންހުރި ވިޔަފާރިތަކަށް ފިޔަވަޅު އެޅުމަށް ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް އީޔޫގެ ކައުންސިލްގައި  އެޖެންޑާ ކޮށްފި އެވެ.

އީޔޫގެ ކައުންސިލްގައި މިކަމަށް އެޖެންޑާކޮށްފައިވާއިރު އެޖެންޑާގައި ބުނެފައިވާގޮތުގައި ރާއްޖޭގެ އިސްވެރިންގެ މައްޗަށް އަޅާނެ ފިޔަވަޅުތަކާއި އެ ފިޔަވަޅުތައް ތަންފީޒުކުރާނެ ގޮތް ފާސްކުރުމަށް ހޯމަ ދުވަހު ބާއްވާ އެ ކައުންސިލްގެ ބައްދަލުވުމުގައި ވޯޓަށް އަހާނެ އެވެ.

އީޔޫގެ ރަސްމީ ވެބްސައިޓްގައި މި އެޖެންޑާ އާންމުކޮށްފައިވާއިރު އެޖެންޑާގައިވާގޮތުން ރާއްޖޭގެ މައްސަލަ އޮތީ އެޖެންޑާގެ ފަސްވަނަ ނަމްބަރުގައި އެވެ.

ރާއްޖޭގެ އިސްވެރިންނާއިމެދު ފިޔަވަޅު އެޅުމުގެ މައްސަލަ އީޔޫގެ އެޖެންޑާގައި ހިމަނާފައިވާއިރު އީޔޫއިން ފިޔަވަޅު އަޅާނެކަން އެނގިފައިވާކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުވެސް ވަނީ ވިދާޅުވެފައި އެވެ.

Next: ފްރާންސުން ދެވަނަ ފަހަރަށް ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދައިފި