ފޭދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ސީރިއަސް ހާލަތުގައި

އައްޑޫ ސިޓީ ފޭދޫގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

މިއެކްސިޑެންޓާބެހޭގޮތުން އައްޑޫލައިވްގައި ޝާއިއުކޮށްފައިވާ ޚަބަރުގައި ވާތޮތުން މި އެކްސިޑެންޓް ހިނގާފައިވަނީ ފޭދޫ ބޮޑު މަގުގައި ހުންނަ ޓެޓްސޯ ރެސްޓޯރެންޓު ކައިރިން ދެ ސައިކަލް ޖެހިގެންނެވެ. އެކްސިޑެންޓު ހިނގާފައިވަނީ ރޭ ދަންވަރު 1:30 ހާއިރު ކަމަށާއި މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބިފައިވަނީ ފޭދޫ އަފްރާހް ނަމަކަށް ކިޔާ ޒުވާނަކަށް ކަމުގައި އައްޑޫލައިވްގައި ރިޕޯޓް ކޮށްފައި ވެ އެވެ.

އެ ނޫހުގައި ރިޕޯޓް ކޮށްފައިވާގޮތުގައި ދެވަނަ ސައިކަލު ދުއްވަން އިން މީހާއަށްވެސް ބޮޑެތި އަނިޔާތަކެއް ލިބިފައި ވެ އެވެ.

މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ބޮލުން ލޭ ފައިބަމުން ދިޔަ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހޭނާރާކަމުގައިވެސް އައްޑޫލައިވްގައި ރިޕޯޓް ކޮށްފައި ވެ އެވެ.

Next: ސ. ހުޅުދޫ މީދޫގައި އުރީދޫގެ އާބިޒްނަސް ޕާޓްނަރ ފިހާރައެއް ހުޅުވައިފި