ސ. ހުޅުދޫ މީދޫގައި އުރީދޫގެ އާބިޒްނަސް ޕާޓްނަރ ފިހާރައެއް ހުޅުވައިފިއެވެ. ހަވާރަން އުރީދޫ ބިޒްނަސް ޕާޓްނަރ ފިހާރަ ރިބްރޭންޑްކޮށް މިފަހަރު ހުޅުވާފައިވަނީ ސ. އަތޮޅު މަދަރުސާ ކުރިމަތީގައެވެ. މި ލޮކޭޝަންގައި ފިހާރަ ހުޅުވުމުގެ ސަބަބުން ދެރަށުގެ ރައްޔިތުންނަށްވެސް އުދަގޫކަމެއްނެތި އުރީދޫ ހިދުމަތްތައް ފަސޭހައިން ލިބިގެންދާނެކަމަށް ފިހާރައިގެ މެނޭޖްމަންޓުން ވަނީ ބުނެފައެވެ. މިގޮތުން ބިލަށްފައިސާދެއްކުމާއި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑްގެ ހިދުމަތްތަކުގެ އިތުރުން އުރީދޫ ފަސޭހަ ބްރޯޑްބޭންޑާއި ޑޭޓާ ޕެކޭޖްތައްވެސް މިފިހާރައިން ލިބޭނެއެވެ.
ހުޅުދޫ މީދޫ އަކީ އުރީދޫގެ ހިދުމަތްތައް ބޭނުންކުރާ މީހުންގެ އަދަދު ހަލުވިކަމާއެކު އިތުރުވަމުން އަންނަ ރަށަކަށް ވުމާއެކު މިފިހާރަ ހުޅުވުމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ހިދުމަތް ހޯދުމުގައި ފަސޭހަ ވެގެންދާނެއެވެ. މޯބައިލް ނަމްބަރ ފޯޓަބްލިޓީ ނުވަތަ މިހާރު ބޭނުންކުރާ ނަމްބަރު އުރީދޫ ނެޓްވޯކަށް ބަދަލުކުރުމުގެ ހިދުމަތްވެސް މިފިހާރައިން ދަނީ ދެމުންނެވެ. ޒަމާނީ ޓެކްނޮލޮޖީއާއިއެކު ހައިސްޕީޑް ފޯޖީ މޯބައިލް އިންޓަނެޓްގެ ހިދުމަތް ގިނައަދަދެއްގެ ބަޔަކު ބޭނުންކުރަމުންދާއިރު އުރީދޫއިންވަނީ މިހާރު ބޭނުންކުރަމުންދާ ފޯޖީ ސަޕޯޓްނުކުރާ ސިމްކާޑު ފޯޖީ ސިމްއަކަށް ހިލޭ ބަދަލުކޮށްދިނުމާއިއެކު އެސިމަށް ހިލޭ ފޯޖީ ޑޭޓާ އެލަވެންސްވެސް ދެމުންނެވެ. ހުޅުމީދޫގައި އަލަށްހުޅުވި ޕާޓްނަރ ފިހާރައިންވެސް މިހިދުމަތްތައް އުރީދޫ ކަސްޓަމަރުންދަނީ ހޯދަމުންނެވެ. 2010 ވަނައަހަރުން ފެށިގެން މެދުކެނޑުމެއްނެތި އުރީދޫގެ ޕާޓްނަރ ހިދުމަތް ދެމުންއަންނަ ހަވާރަން އަކީ އައްޑޫސިޓީ ގައި އުރީދޫގެ ހިދުމަތް ދެމުންގެންދާ އެންމެ ދުވަސްވީ ޕާޓްނަރެވެ.