ޕޮއިންޓް ޓޭބަލްގެ 18 ވަނާގައި އޮތް ޕަލްމާސްއާއި ބާސެލޯނާ ބައްދަލުކުރިމެޗް އެއްވަރު ވެއްޖެ

ސްޕެނިޝް ލީގުގެ 18 ވަނާގައި އޮތް ލަސް ޕަލްމާސްއާއި ބައްދަލުކޮށް  ބާސެލޯނާ ކުޅުނުމެޗް އެއްވަރުވެއްޖެވެ.

ލަސް ޕަލްމާސްގެ ދަނޑުގައި ރޭ ކުޅެވުނު  މިމެޗް އެއްވަރުވެފައިވަނީ 1 ލަނޑު 1 ލަނޑުންނެވެ.

ރޭގެ މެޗްގެ  21 ވަނަ މިނިޓްގައި  މެސީ ކާމިޔާބުކޮށް ދިންލަނޑުން ބާސެލޯނާ މެޗްގެ ލީޑް ހޯދާފައިވަނިކޮށް ލަސްޕަލްމާސްއިން މެޗްގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފްގެ ކުޅުން ފެށިގެން 48 ވަނަ މިނިޓްގައި  ލަސް ޕަލްމާސްއަށް ލިބުނު ޕެނަލްޓީއަކުން ޖޮނަތަން ކަލޭރީ އެވެ.

މި ނަތީޖާއާ އެކުވެސް  26 މެޗުން 66 ޕޮއިންޓް ލިބި ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި އޮތީ ބާސެލޯނާއެވެ.

ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް  26 މެޗުން ލިބިފައިވަނީ ވަނީ 61 ޕޮއިންޓެވެ.

އަންނަ އާދިއްތަ ދުވަހު ލީގުގައި ބާސެލޯނާ އަމިއްލަ ދަނޑުގައި ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. އެތުލެޓިކޯއާ ދެކޮޅަށް ބާސެލޯނާ ނުކުންނައިރު، ލީގުގައި  ބާސެލޯނާވަނީ ބަލިނުވެ 33 މެޗު ހަމަކޮށްފަ އެވެ.

Next: އިދިކޮޅު މުޒާހަރާގެ ބައިވެރިން އަންހެން ނޫސްވެރިޔަކަށް ފުރައްސާރަކޮށްފި