ބެސްޓް ފުޓްސެލް މުބާރާތް 2018 – ޑީއެފްސީ ސެމީފައިނަލަށް

ހުޅުމީދޫ ޕޮލިސް ދަނޑުގައި މިހާރު ކުރިއަށްދާ ބެސްޓް ފުޓްސެލް މުބާރާތް 2018 ގައި މިރޭ ކުޅެވުނު ފުރަތަމަ މެޗް މީދޫ ޑީއެފްސީ ކާމިޔާބުކޮށް ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

މިރޭ ކުޅެވުނު މިމެޗް ޑީއެފްސީ ކާމިޔާބުކޮށްފައިވަނީ ގައުމު އެފްސީއާއި ބައްދަލުކޮށް 4 ލަނޑު 3 ލަނޑުން މޮޅުވެގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީއެފްސީއަށް މިމެޗްގައި ދެލަނޑު ކާމިޔާބުކޮށްދިން ވަޖީހުއެވެ.

މި މުބާރާތުގެ ގްރޫޕް ބީގައި ތިންޓީމު ހިމެނޭއިރު މިރޭގެ މެޗުން ގައުމު އެފްސީ ބަލިވުމުން  އެޓީމަށް މިމުބާރާތުގެ ސެމީފައިނަލަށް ދެވެން އޮތީ އެޓީމު ދެން ކުޅެންޖެހޭ މެޗްގައި ޝަންގްރިއްލާ ބަލިކޮށް ތިން ޕޮއިންޓް ހޯދައިގެންނެވެ.

ގައުމު އެފްސީއާއި ޝަންގްރިއްލާ ބައްދަލުކުރާ މެޗް އެއްވަރުވިޔަސް ސެމީފައިނަލަށް ނުހޮވި ގައުމު އެފްސީ މުބާރާތުން ކަޓާނެއެވެ.

Next: “ސައުފު އައްޑޫ އަފިރިންގެ އައްޑޫ” ގެ ނަމުގައި ސާފްކުރުމުގެ ޕްރޮގްރާމެއް އައްޑޫގައި ފަށައިފި