“ސައުފު އައްޑޫ އަފިރިންގެ އައްޑޫ” ގެ ނަމުގައި ސާފްކުރުމުގެ ޕްރޮގްރާމެއް އައްޑޫގައި ފަށައިފި

“ސައުފު އައްޑޫ އަފިރިންގެ އައްޑޫ” ގެ ނަމުގައި ސާފުކުރުމުގެ ޕްރޮގްރާމެއް އައްޑޫސިޓީގައި އިއްޔެ ފަށައިފިއެވެ.

މިއީ އައްޑޫސިޓީގައި މަސައްކަތްކުރާ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން އިއްޔެ ވަނީ އައްޑޫ ސިޓީ ހިތަދޫ ސްވިމިން ޓްރެކް ސަރަހައްދާއި، އައްޑޫގެ ގުޅިފައިވާ ރަށްރަށުގެ މީހުން އާންމުކޮށް ޕިކްނިކް ގޮސް އުޅޭ ސަރަހައްދު ކަމަށްވާ ހަންކެޑެ ސަރަހައްދު ސާފުކޮށް އެސަރަހައްދުތަކުގައި ޑަސްބިން ތައް ބަހައްޓާފައެވެ.

އިއްޔެ ކުރިއަށް ގެންދެވުނު މިހަރަކާތުގައި ހައުސިން މިނިސްޓްރީ ، ވެމްކޯ، އެމްޕީއެލް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ، ޔޫތު މިނިސްޓްރީ، އެމްއެންޑީއެފް، އެމްއާރުޑީސީ އަދި  އައްޑޫ ހައިސްކޫލްގެ ފަރާތުން  ބައިވެރިވެފައިވެއެވެ.

Next: ބެސްޓް ފުޓްސަލް މުބާރާތް 2018- މިރޭ ކުޅެވޭ ދެމެޗަކީ ފޯރިގަދަ ވާނެ ދެމެޗް