އައްޑޫ ނޭޗާރ ޕާކް ސަރަހައްދަށް ލެއްގި ކޯމަހެއް ކަނޑަށް ދޫކޮށްލައިފި

އިއްޔެގެ ވަގުތެއްގައި އައްޑޫސިޓީ ނޭޗާޕާކް ސަރަހައްދަށް ލެއްގި ކޯމަހެއް، ރައްކާތެރިކަމާއެކު ކަނޑަށް ދޫކޮށްލައިފިއެވެ.

އައްޑޫ ނޭޗާރ ޕާކުން ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެސަރަހައްދުގެ ގޮނޑުދޮށަށް ކޯމަހެއް ލައްގާފައިވާ މައުލޫމާތު އިއްޔެ ހަވީރު 18:07 އެހާކަންހާއިރު ލިބުމާއެކު ނޭޗަރ ޕާކުގެ މުވައްޒަފުންތައް އެސަރަހައްދަށް ދިޔަ ކަމަށެވެ.

އަދިކޯމަސް ކަނޑަށް ދޫކުރެވިފައިވަނީ ރޭ 19:40 އެހާކަންހާއިރު ކަމަށް ވެސް ނޭޗަރު ޕާކުން ވަނީ ބުނެފައެވެ.

Next: މިއަދަކީ ވޯލްޑް ބައިސިކަލްޑޭގެ ގޮތުގައި ފާހަގަކުރާ ދުވަސް – ކަރީމްވަނީ 40 އަހަރު މެދުނުކެނޑި ބައިސިކަލް ދުއްވާފައި