މީދޫ ރަންހަދާ ތަނަކުން ވަގަށްނެގި ރަންތަކެއް ފުލުހުން ހޯދައިފި

މީދޫގައިހުރި ރަންހަދާ ތަނަކުން ގިނަ އަދަދެއްގެ ރަން ވަގަށް ނެގި  މައްސަލައަކާ ގުޅިގެން އެ ތަކެތި ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އެ ތަކެތި ހޯދައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މީދޫގައި ހުރި ރަންހަދާތަނަކުން ގިނައަދަދެއްގެ ރަން ވަގަށް ނަގާފައިވާ ކަމަށް ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެތަކެތި ހޯދުމަށް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން ރަންހަދާ ތަނުން ވަގަށް ނެގި ގިނަ ރަންތައް މިހާރު ވަނީ  ހޯދާފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިވައްކަމުގެ މައްސަލައާއި ގުޅިގެން  ދިވެހި ފިރިހެނަކު މިހާރު ވަނީ  ހައްޔަރުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި  މިމައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން  އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.

advertisement

Next: ޕިންކު ރިބަން ރަން : މަރަދޫ، ފޭދޫ އަދި މަރަދޫފޭދޫގައި ބާއްވާ ރަން ފެށުމަށް ހަމަޖެހިފައިވަނީ މަރަދޫ ޕާކް ކައިރިން