ލޯކަލް ޑިމޮކްރަސީ އާއި ގުޅޭ ތަމްރީން ޕްރޮގްރާމެއްގައި އައްޑޫގެ ކައުންސިލަރުން

ކައުންސިލަރުންނަށް އަމާޒުކޮށްގެން ތިން ދުވަހުގެ މުއްދަތަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އިއްޔެ ފެށްޓެވި ތަމްރީން ޕްރޮގްރާމެއްގައި އައްޑޫސިޓީގެ ތިން ކައުންސިލަރުން ބައިވެރިވެލައްވައެވެ.

އައްޑޫސިޓީ ކައުންސިލުން  މިތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދެއްވާފައިވަނީ އަލަށް  ކައުންސިލަށް ހޮވުނު 3 ކައުންސިލަރުންނަށެވެ.  މި ޕްރޮގްރާމްގައި ބައިވެރިވެލައްވާފައިވަނީ ހިތަދޫ ކައުންސިލަރ ޖަމްޝީދާ މުހައްމަދާއި، މަރަދޫ ކައުންސިލަރ ފައިސަލް އިބްރާހީމް އާއި މީދޫ ކައުންސިލަރ ހުސައިން ހިޔާޒްއެވެ.

މި ޕްރޮގްރާމްގައި ތަމްރީންދެވޭ ބައިތަކުގެ ތެރޭގައި،  ލޯކަލް ޑިމޮކްރަސީ އާއި ކައުންސިލްތައް ބާރުވެރިކުރުވުމާއެކު ރައްޔިތުންގެ ހިއްސާ މުޖުތަމަޢުގައި އިތުރުކުރާނެ ގޮތްތައް ހިމެނެއެވެ. މިޕްރޮގްރާމް ރޭވިފައިވަނީ އެލްޖީއޭގެ ލަފަޔާއި އިރުޝާދު ލިބިގެން ކަމަށް ޓްރާންސްޕޭރަންސީ އިން މައުލޫމާތު ދެއްވިއެވެ.

Next: ކޮމަންޑޫ މަގުމަތީގައި އުމުރުން ދުވަސްވީމީހަކު މަރުވެފައި އޮއްވާ ފެނިއްޖެ