އައްޑޫ ސިޓީ ފޭދޫގައި އިންޑޯ ބެޑްމިންޓަން ކޯޓެއް އެޅުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ، ފޭދޫ އިންޑޯ ބެޑްމިންޓަން ކޯޓްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކޯލްޑް ރީފް އާއި ކަމަށެވެ.
ފޭދޫގައި އިންޑޯ ބެޑްމިންޓަން ކޯޓެއް ހަދަން ނިންމައި އެ މަޝްރޫއު ބީލަމަށްލީ މި އަހަރުގެ އެޕްރީލް މަހުގެ ކުރީކޮޅު އެވެ.
އައްޑޫ ސިޓީއަކީ މިހާރު ބެޑްމިންޓަންގެ ފޯރި ގަދަ ތަނެކެވެ. ފޭދޫގައި ވެސް ބެޑްމިންޓަން ކުޅޭ ގިނަ ބަޔަކު ތިބި އިރު، މިހާރު އެ އަވަށުގެ ބެޑްމިންޓަން ކުޅޭ މީހުން އެ ކުޅިވަރު ކުޅެން ދަނީ ސ. ގަމަށާއި މަރަދޫފޭދޫގައި ހުންނަ ޒުވާނުންގެ މަރުކަޒަށެވެ.
ފާއިތުވި ފަސް އަހަރު ޔޫތް މިނިސްޓްރީން ވަނީ އަތޮޅުތެރޭގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ބޮޑު ހޭދައެއް ކޮށްފައެވެ.