ސަދަން ސްޕޯޓްސް ވޮލީބޯޅަ މުބާރާތް: މީދޫޓީމް ކުޅުނު ދެވަނަ މެޗުން ބަލިވެއްޖެ

ސަދަން ސްޕޯޓްސް އަންހެން ވޮލީބޯޅަ މުބާރާތުގައި މީދޫޓީމް ކުޅުނު ދެވަނަ މެޗުން އެޓީމް ބަލިވެއްޖެވެ.

ފޭދޫ ވޮލީ ކޯޓުގައި ކުޅެވޭ މިމުބާރާތުގެ މީދޫޓީމް ކުޅުނު ދެވަނަމެޗުން އެޓީމް ބަލިވެފައިވަނީ މަރަދޫފެދޫ ޓީމް އައިވީވައި އާއި ބައްދަލުކޮށް 3 ސެޓް 1 ސެޓުންނެވެ.

ޓީމް އައިވީވައި އާއި ބައްދަލުކޮށް މީދޫޓީމް ކުޅުނު މެޗުން ބަލިވިކިމުގައިވިޔަސް މިމުބާރާތުގެ ފުރަތަމަ މެޗްގައި ފޭދޫ ޓީމު ޕުޝްޕާއާއި ބައްދަލުކޮށް މީދޫޓީމްކުޅުނު މެޗުން  3 ސެޓް ދެސެޓުން މީދޫޓީމް ވަނީ މޮޅުވެފައެވެ.

ޗެމްޕިއަންޓީމަކަށް 7000 ރުފިޔާ އަދި ދެވަނަ ޓީމަކަށް 3000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި 4 ޓީމް ވާދަކުރާއިރު މިމުބާރާތުގައި ވާދާކުރަނީ  އައްޑޫ ސިޓީ މަރަދޫފޭދޫ އިން އައިލެންޑް ވޮއިސް އޮފް ޔޫތު (އައިވީވައި) އާއި، މީދޫ ވޮލީ ޓީމުގެ އިތުރުން ފޭދޫ ދެ ޓީމެއް ކަމަށްވާ ވޯރިއާސް އާއި ޕުޝްޕާ އެވެ. 

މިމުބާރާތަކީ ފިތުރު އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ދަ ސަދަން ސްޕޯޓްސް ކްލަބުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ.

ނޯޓް: މިޚަބަރުގައި ހިމަނާފައިވާ ފޮޓޯއަކީ ސަދަންސްޕޯޓްސް މުބާރާުތުގައި ވާދަކުރާ މީދޫވޮލީޓީމްގެ ފޮޓޯއެއް ނޫން ކަމުގައި ދަންނަވަން –

Next: މީދޫޓީމުން ފަހަތުން އަރާ ޓީމް ވޯރިއަރސް ބަލިކޮށްފި