ޓީމް ވޮރިއާސް ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރާ ކާމިޔާބުކުރި ސެޓުތަކާއެކު ސަދަން ސްޕޯޓްސް ވޮލީބޯޅަ މުބާރާތުގައި މީދޫ ވޮލީޓީމް ކުޅުނު 3 ވަނަ މެޗުން އެޓީމް މޮޅުވެއްޖެއެވެ
ފޭދޫގައި ކުރިޔަށްދާ މި މުބާރާތުގައި ރޭ ކުޅެވުނު މިމެޗްގައި ފޭދޫ ޓީމް ވޯރިއާރސް މީދޫޓީމް އަތުން ބަލިވީ މެޗްގެ ފުރަތަމަ ދެސެޓް ވޯރިއާރސް ހޯދާފައިވަނިކޮށް ފަހުން ކުޅެވުނު 3 ސެޓް ހޯދައިގެން 3 ސެޓް 2 ސެޓުންނެވެ.
މިމެޗުގެ ފުރަތަމަ ދެސެޓް ވާދަވެރި ކުޅުމަކަށްފަހު ވޯރިއާސް ގެން ގޮސްފައިވަނީ 26-24 އަދި 25-22 އިންނެވެ.
ނަމަވެސް މީދޫޓީމް ވަނީ ފަހުން ކުޅެވުނު ތިން ސެޓުގައި ކުޅުން ބޮޑުތަން ރަނގަޅުކޮށްފައެވެ. މިގޮތުން މެޗުގެ ތިންވަނަ ސެޓު މީދޫޓީމް ކާމިޔާބުކުރީ 25-21 އިންނެވެ. މެޗުގެ ފަހު ދެ ސެޓު މީދޫޓީމް ކާމިޔާބުކޮށްފައި ވަނީ 25-09 އަދި 15-08 އިންނެވެ.
މިމެޗުން މީދޫ ޓީމް މޮޅުވުމުން 4 ޓީމް ވާދަކުރި މިމުބާރާތުގެ ޕޮއިންޓް ސިސްޓަމަށް ކުޅުނު މެޗްތަކުން އެޓީމަށް ލިބުނީ ޓޭބަލްގެ ދެވަނައެވެ. މީދޫ ޓީމް އަތުން ބަލިވި ވޯރިއަރސްއަށް ޕޮއިންޓް ޓޭބަލުން ލިބުނީ 3 ވަނައެވެ.
މައުލޫމާތު ލިބިފައިވާގޮތުން މިމުބާރާތުގެ ޕޮއިންޓް ސިސްޓަމަށް ކުޅޭ މެޗްތަކުން އެންމެ ގިނަ ޕޮއިންޓް ލިބޭ ޓީމް ފައިނަލަށް ހޮވޭނެވެ. މިގޮތުން ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން މަރަދޫފޭދޫ އައިވީވައި ވަނީ މިމުބާރާތުގެ ފައިނަލަށް ހޮވިފައެވެ.
ފައިނަލަށް ހޮވޭ ދެވަނަ ޓީމެއް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ޕޮއިންޓް ޓޭބަލްގެ ދެވަނަ އަށް ހޮވޭ ޓީމާއި 3 ވަނައަށް ހޮވޭ ޓީމްގެ މެދުގައި ސެމީފައިނަލްމެޗެއްގެ ގޮތައް އިތުރު މެޗެއް ކުޅުމަށް ފަހު އެމެޗުން މޮޅުވާޓީމެކެވެ.
އެހެންކަމަމުން މިރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީފައިނަލްގެ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ރޭ ކުޅެވުނު މެޗަގައިވެސް ބައްދަލުކުރި ފޭދޫ ޓީމް ވޯރިއަރސް އާއި މީދޫ ވޮލީޓީމެވެ.
ޗެމްޕިއަންޓީމަކަށް 7000 ރުފިޔާ އަދި ދެވަނަ ޓީމަކަށް 3000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތަކީ ” ދަސަދަން ސްޕޯޓްސް ކްލަބް ” ގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ.