ކަސެމީރޯ ޔުނައިޓެޑަށް ސޮއިކޮށްފި

ސްޕެނިޝް ލީގުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ކުޅެމުން އައި ކަސެމީރޯ ރެއާލްގައި 9 އަހަރު ހޭދަކުރުމަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

މައުލޫމާތުލިބިފައިވާގޮތުގައި ކަސެމީރޯ ޔުނައިޓެޑަށް ސޮއިކޮށްފައިވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ޔުނައިޓެޑުން ރެއާލް އުމުރުން 30 އަހަރުގެ މިކުޅުންތެރިޔާ ހޯދުމަށް 70 މިލިއަން ޕައުންޑްގެ އަގެއް ވަނީ ދައްކާފައެވެ.

ކަސެމީރޯ ހާމަކުރިގޮތުގައި އޭނާ ޔުނައިޓެޑަށް ބަދަލުވީ ފައިސާގެ ދަހިވެތިކަމުގައި ނޫން ކަމަށާއި އޭނާ ޔުނެއިޓެޑާއި މިގުނީ ދުނިޔޭގެ އެންމެ ބޮޑު ޓީމާކަމަށެވެ . އަދި ޔުނައިޓެޑާއެކު ކެރިއަރުގައި ޕްރިމިއަރ ލީގުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ އިތުރު ހިތްހަމަ ޖެހުމެއް ލިބިގެންދާ ކަމެއް ކަމުގައި އޭނާ ހާމަކުރިއެވެ.

މީގެއިތުރުން މިވަރުގެ ބޮޑު ކްލަބަކަށް ކުޅުމުގެ ފުރުސަތު ލިބިގެންދިއުމަކީ އޭނާއަށް ލިބިގެންދާ ޝަރަފެއް ކަމަށާއި އަދި މިކްލަބަށް އޭނާއަށް ކޮށްދެވެން އޮތް ހުރިހާ ކެމެއް ކޮށްދޭނެކަމަށްވެސް ކަސެމީރޯ ހާމަކޮށްފައިވެއެވެ.

ރެއާލްއާއެކު 222 މެޗު ކުޅެފައިވާ ކަސެމީރޯ ވަނީ އެ ކްލަބާއެކު ތިން ފަހަރަށް ލަލީގާ ކާމިޔާބުކޮށް، ފަސް ފަހަރަށް ޗެމްޕިއަންސް ލީގު ތަށި ނަގައިފައެވެ. 

Next: ލީގު ކަޕްގެ ތިންވަނަ ބުރުގައި ޗެލްސީއާއި ސިޓީގެ ކުރިމަތިލުމެއް