ލީގު ކަޕްގެ ތިންވަނަ ބުރުގައި ޗެލްސީއާއި ސިޓީގެ ކުރިމަތިލުމެއް

އިނގިރޭސި އެންމެ ޒަމާންވީ ފުޓްބޯޅަ މުބާރާތް، އެފްއޭ ކަޕްގެ ތިންވަނަ ބުރުގެ ގުރުއަތުލުމުގައި  ޗެލްސީއާއި މެންޗެސްޓާ ސިޓީ ވާދަކުރަން ޖެހިއްޖެއެވެ.

ޗެލްސީއަކީ އެންމެފަހުގެ ރަނަރަޕް ޓީމެވެ. މިދިޔަ އަހަރުގެ ލީގު ކަޕްގެ ފައިނަލުގައި ޗެލްސީ ލިވަޕޫލް އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އަނެއްކޮޅުން ޗެލްސީއާ ދެކޮޅަށް ނުކުންނަ ސިޓީއަކީ މިފަހުގެ ތާރީހުގައި ލީގު ކަޕްގައި އެންމެ ކާމިޔާބު ޓީމެވެ. އެންމެ ފަހުން ލީގު ކަޕް ކުޅުނު ހަތް ފަހަރުގެ ތެރެއިން ފަސް ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ސިޓީއެވެ. މިދިޔަ އަހަރު ލިވަޕޫލުން ލީގު ކަޕް ހޯދުމުގެ ކުރިން ޖެހިޖެހިގެން ފަސް ފަހަރަށް ލީގު ކަޕް ކާމިޔާބުކުރީވެސް ސިޓީންނެވެ.

ލީގު ކަޕްގެ ތިންވަނަ ބުރުގެ މެޗުތައް ތާވަލުކޮށްފައި ވަނީ ނޮވެންބަރު މަހުގެ އަށްވަނަ ދުވަހުން 10 ވަނަ ދުވަހަށެވެ.

Next: މިއަދު  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން