ރައީސްގެ ތަރުޖަމާނު މަބްރޫކް އިސްތިއުފާ ދެއްވައިފި

އީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެނގިފައިވާ ގޮތުގައި މަބްރޫކްގެ އިސްތިޢުފާގެ ސިޓީވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ފޮނުއްވައިފައެވެ.

މަބްރޫކް އިސްތިޢުފާދެއްވި ސަބަބެއް ނޭނގެއެވެ. މިކަމާ ގުޅިގެން މަބްރޫކުގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.

ފޮރިން މިނިސްޓްރީގެ ޑައިރެކްޓާ ކޮމިއުނިކޭޝަންސްގެ މަޤާމުގައި ހުންނެވި މުޙައްމަދު މިއުވާން މިދިޔަ ހަފުތާގައި އެ މަޤާމުން އިސްތިއުފާ ދެއްވުމުން ރައީސް ޞާލިޙް ވަނީ އެ މަޤާމަށް ޞަފާތު އަޙްމަދު ޒާހިރު އައްޔަންކުރައްވައިފައެވެ.

އެނގިފައިވާ ގޮތުގައި މަބްރޫކް އިސްތިޢުފާ ދެއްވުމުން މިއުވާން މަސައްކަތް ކުރައްވާނީ އެ މަޤާމުގައެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އަދި ރައީސް އޮފީހުގެ ބަހެއް ލިބޭ ގޮތެއް ނުވެއެވެ.

Next: މަޖިލީހަށް ހާޒިރުނުވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އިސްލާހެއް