އެފްސީ އަފިރިން ޓީމްގެ ކޯޗް ސަސްޕެންޑްކޮށްފި

އެފްސީ އަފިރިން ޓީމްގެ ކޯޗް ސަސްޕެންޑްކޮށްފައިވާކަން ލޮތާރި ސްޓްރީޓް 3 ދަރިވޭމްޕް ސްޓްރީޓް ފުޓްބޯޅަ މުބާރާތް އިންތިޒާމްކުރާ ކްލަބް ލޮތާރިން އެފްސީ އަފިރިން ޓީމަށް އަންގައިފިއެވެ.

މިކަން އަންގާފައިވަނީ  އޯގަސްޓް މަހުގެ 23 ވަނަ ދުވަހު ފޮނުވި ސިޓީއަކުންނެވެ.

 އެސިޓީގައި ބުނެފައިވަނީ ލޮތާރި ސްޓްރީޓް 3 ދަރިވޭމްޕް ސްޓްރީޓް ފުޓްބޯޅަ މުބާރާތުގައި 22 އޯގަސްޓް 2022 ވަނަ ދުވަހުގެރޭ ކުޅެން ހަމަޖެހިފައިއޮތް އެފްސީ އަފިރިންއާއި އޭޓީ ސްޕޯޓްސް  ބައްދަލުކުރަން ހަމަޖެހިއޮތް މެޗްކުޅުމަށް  ރެފްރީ އެންގުމުން އެ އެންގުމާއި އެފްސީ އަފިރިން ޓީމުން ދެކޮޅު ހަދައި ޓީމްގެ ކޯޗް އިސްކޮށް  ހުންނަވައިގެން މުބާރާތުގެ އިންތިޒާމް ކޮމިޓީގެ ނިންމުމާއި ދެކޮޅުހަދައި ކުޅިވަރުގެ ރޫހާއި ޚިލާފަށް އަމަލުކޮށްފައިވާތީ މުބާރާތުން އެފްސީ އަފިރިންޓީމްގެކޯޗް ސަސްޕެންޑްކުރުމަށް  މުބާރާތުގެ އިންތިޒާމް ކޮމިޓީގެ އަޣުލަބިއްޔަތުން  ނިންމާފައިވާކަމަށެވެ.

ޝެޑިއުލް ކުރެވިފައި އޮތް ގޮތުގެ މަތިން 24 އޯގަސްޓް 2022 ވަނަ ދުވަހުގެރޭ އެފްސީ އަފިރިން އަދި ގައުމު އެފްސީ ބައްދަލުކުރާމެޗް ކުޅުމަށް ޓީމަށް ފުރުސަތު އޮންނާނެ

ކްލަބް ލޮތާރިން އެފްސީ އަފިރިން ޓީމަށް ފޮނުވިސިޓީގައި ބުނެފައިވެއެވެ.

މިނިންމުމާއިގުޅިގެން  އެފްސީ އަފިރިންގެ ފަރާތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ އެކަމެއް ލިއުމުން މިކްލަބްގެ ރަސްމީ އީމެއިލްއަށް ފޮނުވައި އެންގުމަށް އެދެން

ކްލަބް ލޮތާރިން އެފްސީ އަފިރިން ޓީމަށް ފޮނުވިސިޓީގައި އިތުރަށް ބުނެފައިވެއެވެ.

Next: ރައީސްގެ ތަރުޖަމާނު މަބްރޫކް އިސްތިއުފާ ދެއްވައިފި